ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ކަޕުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެކަމަކު އެ ޓީމު ބަލިކުރެވޭނެ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
07 ފެބުރުއަރީ 2017
ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ކަޕުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެކަމަކު އެ ޓީމު ބަލިކުރެވޭނެ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
ފުރަތަމަ ލެގުން ބާސެލޯނާ ވަނީ އެތުލެޓިކޯ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ބާސެލޯނާ އަށް ފައިނަލަށް ދެވެން އޮތްއިރު، އެތުލެޓިކޯ އަށް އޮތީ ދެ ލަނޑުގެ ތަފާތުން މޮޅުވުމެވެ. މި މެޗު އިތުރު ވަގުތު ކުޅެން ޖެހޭނީ 2-1 ގެ ނަތީޖާ އަކުން އެތުލެޓިކޯ މޮޅުވެގެންނެވެ.
ބާސެލޯނާ ދަނޑުގައި އެންމެ ފަހުން އެތުލެޓިކޯ މޮޅުވީ މީގެ 11 އަހަރު ކުރިންނެވެ. ސިމިއޯނީ ބުނީ ބާސެލޯނާ ބަލިކުރަން ކުޅެންވީ ގޮތް އޭނާގެ ޓީމުގެ ކުޅުންތެރިންނަށް އެނގޭ ކަމަށެވެ.
"އަހަރެން ހިތްހަމަ ޖެހޭނެ ހަމައެކަނި ނަތީޖާ އަކީ މޮޅުވުން. ބާސެލޯނާ ބަލިކުރަން ކުޅެން ޖެހޭ ގޮތް އަހަރެމެންނަށް އެނގޭ. އެކަމަކު އެހެން ކުޅޭއިރު ރިސްކު ވެސް ބޮޑު. ދެން ވިސްނަން ޖެހޭ އަނެއް ކަމަކީ ބަލިކުރަން ޖެހިފައި މި އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަން،" ސިމިއޯނީ ބުންޏެވެ.
އޭނާ ބުނީ ލީގުގައި އެންމެ ފަހުން ލެގަނޭސް ކޮޅަށް ޖެހި ދެ ލަނޑާ އެކު އެ ޓީމަށް 100 ލަނޑު ހަމަކޮށްފައިވާ ފެނާންޑޯ ޓޮރޭޒަށް މި މެޗުގައި ވެސް ފުރުސަތު ދޭނެ ކަމަށެވެ.
"ޓޮރޭޒަކީ މި ފަދަ މެޗުތަކުގައި ތަފާތު ދައްކާ ކުޅުންތެރިޔެއް. އެންމެ ފަހުން 2006 ވަނަ އަހަރު ބާސެލޯނާ ދަނޑުގައި އެތުލެޓިކޯ މޮޅުކޮށްދިނީ ޓޮރޭޒްގެ ލަނޑުތަކުން،" ސިމިއޯނީ ބުންޏެވެ.
ލީގުގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންނަށް ވަނީ އަރާމްކުރަން ފުރުސަތު ދީފަ އެވެ.
ބާސެލޯނާ ކޯޗު ލުއިސް އެންރީކޭ ބުނީ ފައިނަލުގެ ޖާގައެއް އަދި އެ ޓީމަށް ޔަގީންނުވާ ކަމަށެވެ.
"ފުރަތަމަ ލެގުން މޮޅުވިޔަސް އަދި އެބައޮތް އެއް މެޗު. ފުޓްބޯޅަ މެޗެއްގައި ނަތީޖާ ނުކުންނާނެ ގޮތެއް ބުނަން ނޭނގޭނެ. އަހަރެންގެ ޓީމަކީ ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާ ކުޅުންތެރިން ތިބި ޓީމެއް. މެޗަށް ކުރެވޭ އިތުބާރު ބޮޑު،" އެންރީކޭ ބުންޏެވެ.
މިރޭގެ މެޗަށް ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ވަނީ ސަސްޕެންޑްވެފަ އެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުފެނުނު އަންދްރެސް އިނިއެސްޓާ އާއި ސާޖިއޯ ބުސްކެޓްސް މި މެޗުން ފެނުމުގެ ފުރުސަތު ބޮޑެވެ.
އެތުލެޓިކޯ އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
ބާސާއަށް ދައްކައިދިނީ އެތުލެޓިކޯގެ ތަފާތުކަން: ސިމިއޯނީ
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ބާސެލޯނާ ފައިނަލަށް، ސުއަރޭޒް ސަސްޕެންޑް
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބާސާއަށް ހަނިމޮޅެއް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް
ރެއާލް ބަލިކުރެވުނަސް ކުޅުމާމެދު ޒަވީ ހިތްހަމަނުޖެހޭ