އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުން 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފި އެވެ.
30 އޮކްޓޯބަރ 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުން 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފި އެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިންނެވެ.
އެ އިދާރާ އިން މިއަދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމާ ގުޅޭ ކަންކަން ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާ އަށް ސިވެކްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރީތައް ކުރުމަށް ޖުމްހޫރީ މައިދާނުގެ ވަށައިގެން ފެންސް ޖަހައި މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ގަލޮޅު ދަނޑުގަ އެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އަންނަނީ އިންތިހާބީ ރައީސްގެ އޮފީހާ ގުޅިގެން ކުރަމުންނެވެ.
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
އިންތިހާބީ ރައީސް ހުވާކުރެއްވުމުން ހަވާ އަރުވަނީ
ހުވާކުރައްވާ ރަސްމިއްުޔާތުގައި 46 ގައުމެއްގެ މަންދޫބުން
ޖަލްސާއަށް ވަޑައިގަތުމަށް ޔާމީން ހުއްދައަކަށް ނޭދޭ
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
ހުވާކުރާ ރަސްމިއްޔާތަށް ސަރަަހައްދުގެ ވެރިންނަށް ދައުވަތު
ހުވާކުރާ ރަސްމިއްޔާތުގައި އާންމުންނަށް 1،000 ޖާގަ
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ
އަންހެން މެމްބަރުން ގިނަކުރަން ޕީއެންސީން އެލަވަންސެއް
ނަޝީދުގެ މައްސަލަ: މުއިއްޒު ހުވާ ކުރައްވަން ހުރަސް؟