Roadha Mihaaru
ހަތް ކުންފުންޏަކަށް އެމްޑީން އައްޔަންކުރަން ޕީސީބީއަށް

ހަތް ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ޕީސީބީއަށް

26 ނޮވެމްބަރ 2023

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 7 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 7 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފި އެވެ.

ވެމްކޯގެ އެމްޑީ ކަމަށް އައްޔަން ކުރަން ފޮނުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންސްޕާގެ ސީއީއޯ އަކަށް ހުންނެވި މުޖުތަބާ ޖަލީލްގެ ނަމެވެ. ފެނަކަ ކުންފުނީގެ އެމްޑީއަކަށް އައްޔަން ކުރަން ހުށަހެޅީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދުގެ ނަމެވެ.

ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއަކަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން އާއި އާބަންކޯގެ އެމްޑީއަކަށް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދާއި ޕީއެސްއެމްގެ އެމްޑީއަކަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު އައްޔަން ކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން އެންސްޕާއަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު އައްޔަން ކުރުމަށާއި އާސަންދަގެ ވެރިއަކަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އައްޔަން ކުރަން ވަނީ ފޮނުވައިފަ އެވެ.

ޕީސީބީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަދި މިހާތަނަށް އެ ފަރާތްތަކެއް އެ ކުންފުނިތަކަށް އައްޔަން ނުކުރެ އެވެ.