Roadha Mihaaru
ޔާމީންގެ ވަކީލް ސިޔާޒަށް އިކޮނޮމިކްގެ ސްޓޭޓްކަން

ޔާމީންގެ ވަކީލް ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

29 އެޕްރީލް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަބްދުﷲ ސިޔާޒު، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަބްދުﷲ ސިޔާޒު، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ އެ މަގާމަށް ސިޔާޒު އައްޔަންކުރިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

ސިޔާޒު ވަނީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރައްވައިފަ އެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އުފުލި ދައުވާތަކުގައި ޔާމީންގެ ފަރާތުން އެންމެ ފުރަތަމަ އިސްކޮށް މަސައްކަތް ކުރެއްވީ ސިޔާޒެވެ.

ޔާމީންގެ ވަކީލުކަން ޒަމާންތަކެއް ވަންދެން ކުރެއްވި ސިޔާޒަށް އިކޮނޮމިކްގެ އިސް މަގާމެއް ދެއްވިއިރު، އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެ ވަކި ޕާޓީއެއް އުފައްދަވައިފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން އެބަތިއްބެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި މި ފަހުން ވެސް އިތުރު ބޭފުޅުން އައްޔަން ކޮށްފައިވެ އެވެ. ނަމަވެސް، އެ މައުލޫމާތުތައް ރައީސް އޮފީހުން އަދި އާންމެއް ނުކުރެ އެވެ.