Roadha Mihaaru
ޑެޕިއުޓީ މިނިސްޓަރުކަމަށް 26 ބޭފުޅަކު އައްޔަންކޮށްފި

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް 26 ބޭފުޅަކު އައްޔަންކޮށްފި

28 ނޮވެމްބަރ 2023

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް 26 ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް 26 ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި ބައެއް ބޭފުޅުންގެ ތަފްސީލު ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން އަށް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އެކި މިނިސްޓްރީތަކުގެ ނައިބުންގެ މަގާމަށް އިތުރު ބޭފުޅުން ވެސް ހަމަޖައްސާފައިވެ އެވެ. އެކަމަކު، މިހާތަނަށް އާއްމުކޮށްފައި ވަނީ އޭގެ ތެރެއިން ބައެއް ނަންތަކެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.

މި މަހުގެ 17 ގައި އުފެދުނު އާ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 49 ބޭފުޅުން އެބަތިއްބެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވާ 15،000ރ. އާއެކު ކޮންމެ މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.