Roadha Mihaaru
ނައީމާގެ މަރު: ހަތް މަސް ފަހުން މައްސަލަ ޕީޖީއަށް

ނައީމާގެ މަރު: ހަތް މަސް ފަހުން މައްސަލަ ޕީޖީއަށް، މި ހަފުތާގައި ގޮތެއް ނިންމަނީ

28 ނޮވެމްބަރ 2023

ނ. މަނަދޫގައި މިދިޔަ އޭޕްރީލް މަހު މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގެ ތަހުގީގު ހަތް މަސް ފަހުން ނިންމައި، ތިން މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. މަނަދޫގައި މިދިޔަ އޭޕްރީލް މަހު މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގެ ތަހުގީގު ހަތް މަސް ފަހުން ނިންމައި، ތިން މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ނައީމާ ދިރިއުޅުނު ގޭގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި އެރަށު ތިން މީހަކު ހައްޔަރުކުރި އެވެ.

އެ މައްސަލާގެ ތަހުގީގު ނިންމުމަށްފަހު އެ ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މިހާރު ފުލުހުން މައްސަލަ ފޮނުވާފައިވާ ކަން ޕީޖީ އޮފީހުން ކަށަވަރުކޮށް ދިނެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާ ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ އެރަށު ތިން ޒުވާނެއް ކަމަށްވާ އަޒްހަމް އަބްދުއްޝުކޫރާއި އަބްދުލްވާހިދު ރިފާސް އާއި ހަސަން ފަވާޒެވެ.

ނައީމާ މަރާލަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ވަޅި އާއި ހަމަލާދިންއިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.