30 ނޮވެމްބަރ 2023
ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއްގައި ހަސަން މަމްދޫހް (މަންޑޭ) "އުދުހެމުން" ދިޔަ ގޮތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ކިޔައިދީފި އެވެ.
ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއްގައި ހަސަން މަމްދޫހް (މަންޑޭ) "އުދުހެމުން" ދިޔަ ގޮތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ކިޔައިދީފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ، ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް އާއްމުކޮށްފަ އެވެ.
ޝަމީމް ވިދާޅުވީ، މި މައްސަލައިގައި މަންޑޭގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި ހަންބޯ ކުންފުނީގެ ސޮއި ފޯޖުކޮށް، ބީއެމްއެލް އެކައުންޓެއް ހުޅުވައިގެން އޭގެ އެކްސެސް އެ މީހުން ހޯދައިގެން އޭގެ މުއާލަމާތު ކޮށްފައިވާ ކަމަށެވެ.
ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މަންޑޭގެ ޕެންޓް ހައުސެއް ވަނީ ފުލުހުންގެ ތަހުގީގަށް ހިފަަހައްޓައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެފްޑަބްލިޔު ރެސިޑެންސް އިން ގަނެފައިވާ އެ އެޕާޓްމެންޓުގެ އަގު 7.8 މިލިއަނަށް އަރާ ކަމަށެވެ. އެ ޕެންޓްހައުސް ގަނެފައިވަނީ ކޭޕާކް އެޕާޓްމެންޓެއް ހަތަރު މީހުންނަށް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ، އެ އެޕާޓްމެންޓް ފުލުހުން ބަލައި ފާސްކޮށް އެ ތަނުން ހިފެހެއްޓި މުދަލުގެ އަގު ޖުމްލަ ހަތް މިލިއަނަށް ވުރެ ގިނަ ކަމަށެވެ. ބައެއް އަގުބޮޑު މުދަލުގެ ތަފްސީލްތައް އޭނާ ހިއްސާކުރެއްވި އެވެ.
- ލަގްޒަރީ އަތްދަބަސްތަކުގެ އަގު 90،000 ޑޮލަރު އަރާ. އޭގެ ތެރޭގައި 40،000 ޑޮލަރާއި 50،000 ޑޮލަރަށް ގަތް ދަބަސް އެބަހުރި
- 10،000 ޑޮލަރާއި 15،000 ޑޮލަރަށް ގަނެފައިވާ ގަހަނާ
- 200 އަށް ވުރެ ގިނަ ނުކަނޑާހުރި ބްރޭންޑެޑް ސެންޓުފުޅި
"އެތަނުގައި ހުރި މުދަލާއި އެ އެޕާޓްމެންޓު ގަންނަން ހޭދަކުރި ފައިސާ އެއްކޮށްލީމާ، ދައުލަތުގެ އިދާރާއެއްގެ އަހަރަކު ހޭދަ ކުރާ ފައިސާ އަށް ވުރެ އިތުރު،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، މިހާތަނަށް ތަހުގީގު ފުރިހަމަ ކުރެވިފައިވާ މިންވަރަށް ބަލާއިރު، ކޭޕާކްގެ 41 އެޕާޓްމެންޓު 107 މީހުންނަށް ވިއްކާފައިވާ ކަމަށާއި އެއް އެޕާޓްމެންޓު އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކައިގެން ނޫނީ އެ ވަރަށް ފައިސާ ނުލިބޭނެ ކަން ސާފު ކަމަށެވެ.
މަންޑޭގެ މައްޗަށް ކުރަން ނިންމާފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި ސައްހަ ނޫން ލިޔުމުގެ ދައުވާ އާއި އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި ޓެކުގެ ދައުވާ ކުރަން ވިސްނާ ކަމަށް ޕީޖީ ވިދާޅުވި އެވެ.
މި ހުރިހާ ދައުވާތަކެއް ކުރަން ނިންމާފައި ވަނީ ކޮންމެ ހާދިސާއަކަށް ވަކިވަކިން ކަމަށް ވާތީ، މަންޑޭގެ މައްޗަށް 255 ދައުވާ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަންޑޭގެ ޝަކުވާ: ދަރިފުޅުގެ ބުއްފުޅި ވެސް އަތުލި!
މަންޑޭގެ މުދާތައް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބަލަނީ
މަންޑޭގެ މައްޗަށް 100 ދައުވާ، ރާއްޖޭގެ ރެކޯޑެއް
މަންޑޭގެ އަގުބޮޑު ދިރިއުޅުން ފޮޓޯތަކުން
މަންޑޭގެ އެޕާޓްމެންޓްގައި 200 އަށް ވުރެ ގިނަ ސެންޓު
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
100 ދައުވާ އުފުލާފައިވާ މަންޑޭގެ ޝަރީއަތް ފަށައިފި
ކޭޕާކްއާ ގުޅޭ ލިޔުންތައް ދޭން އެޗްޑީސީއަށް އަންގައިފި
ކޭޕާކްގެ އެޕާޓްމެންޓާއި ގެއްލުމުގެ ބަދަލު ނަގައިދީފި