Roadha Mihaaru
މަންޑޭގެ އަގުބޮޑު ދިރިއުޅުން ފޮޓޯތަކުން

މަންޑޭގެ އަގުބޮޑު ދިރިއުޅުން ފޮޓޯތަކުން

30 ނޮވެމްބަރ 2023

އަށް މިލިއަނެއްހާ ރުފިޔާގެ އަގު ބޮޑު، ޕެންޓް ހައުސްގެ އެކި ދިމަދިމާލުގައި އެލުވާފައި ހުރީ އެކިވަރުގެ ބޮޑެތި ޗާންދަލިއާތަކެވެ. ޝާހީ ކުލަތަކުން ފަރުމާކޮށްފައިވާ އެޕާޓްމެންޓުގެ ބޭރަށްވާ ގޮތަށް ކުޑަ ވަރެއްގެ ބަގީޗާއަކާއި ބެލްކަނީއެކެވެ. އެ ދެމެދުގައި ހަތަރު މީހުންނަށް އެރެވޭ ވަރުގެ ހޮޓް ޓަބް ޖަކޫޒީއެކެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަށް މިލިއަނެއްހާ ރުފިޔާގެ އަގު ބޮޑު، ޕެންޓް ހައުސްގެ އެކި ދިމަދިމާލުގައި އެލުވާފައި ހުރީ އެކިވަރުގެ ބޮޑެތި ޗާންދަލިއާތަކެވެ. ޝާހީ ކުލަތަކުން ފަރުމާކޮށްފައިވާ އެޕާޓްމެންޓުގެ ބޭރަށްވާ ގޮތަށް ކުޑަ ވަރެއްގެ ބަގީޗާއަކާއި ބެލްކަނީއެކެވެ. އެ ދެމެދުގައި ހަތަރު މީހުންނަށް އެރެވޭ ވަރުގެ ހޮޓް ޓަބް ޖަކޫޒީއެކެވެ.

ހުޅުމާލޭގައި ހަދާ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ކުންފުނީގެ ވެރިޔާ ހަސަން މަމްދޫހް (މަންޑޭ) އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށް ތުހުމަތުކުރާ މައްސަލާގައި ކުރާ ދައުވާތަކާ ބެހޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކެވީ މަންޑޭ އާއި އާއިލާގެ އަގުބޮޑު ދިރިއުޅުމެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މަންޑޭގެ އަގުބޮޑު ޕެންޓްހައުސްއިން ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަނީ ހިފަހައްޓައިފަ އެވެ.

ލަގްޒަރީ ބްރޭންޑުތައް ނަން ހުސްކޮށް!

ފުލުހުން ހިފަހައްޓާފައިވާ މުދާތަކުގެގެ ތެރެއިން މިއަދު ހިއްސާކުރި ފޮޓޯތަކުގައި މަންޑޭގެ އަންހެނުންގެ އަތް ދަބަސް "ކަލެކްޝަން" ހިމެނެ އެވެ. އޭގެތެރޭގައި ޝެނަލް ބްރޭންޑުގެ އަޅި ކުލައިގެ ދަބަހެއްގެ އަގު 6،683 ޑޮލަރު (103،000ރ.) އަށް އަރާއިރު، ލޫއި ވިޓޯން ކަޅު ކުލައިގެ ސައިޑް ދަބަހުގެ އަގު 5،429 ޑޮލަރު (84،000ރ.) އަށް އަރަ އެވެ.

މަންޑޭގެ ޕެންޓްހައުސުން ހިފެހެއްޓި ބައެއް އަތް ދަބަސްތައް.

މަންޑޭގެ ޕެންޓްހައުސުން ހިފެހެއްޓި ބައެއް އަތް ދަބަސްތައް.

އޭގެ އިތުރުން 3،250 ޑޮލަރު (50،000ރ.) ގެ އަގުހުރި ލޫއި ވިޓޯން މުށި ކުލައިގެ ޓޯޓް ދަބަހަކާއި ގޫޗީ ބްރޭންޑުގެ 2014 ޑޮލަރު (31،000ރ) ގެ ޓޯޓް ދަބަހަކާއި ކްރިސްޓިއަން ޑިއޯ 4،900 ޑޮލަރު (75،000ރ.) ގެ ޓޯޓަކާއި ޕްރާޑާ ބްރޭންޑުގެ 4،300 ޑޮލަރު (66،000ރ) ގެ ކުޑަ ދަބަހެއްގެ އިތުރުން 5،000 ޑޮލަރު (77،000ރ.) ގެ ކަޅު ކުލައިގެ ޝެނަލް އަތް ދަބަހަކާއި އޭގެ ފިޔާތޮށި ކުލައިގެ ދަބަހެއް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

މަންޑޭގެ ޕެންޓްހައުސްގައި ހަރުކޮށްފައިވާ ޗާންދަލިއާތައް.

މަންޑޭގެ ޕެންޓްހައުސްގައި ހަރުކޮށްފައިވާ ޗާންދަލިއާތައް.

ޕީޖީން ދެއްކި ޕްރެޒެންޓޭޝަންގައި މި ދަބަސްތަކުގެ އަގު ޖަހާފައި ވިޔަސް، ފޮޓޯތަކުން އިތުރު ދަބަސްތައް ވެސް ފެނެ އެވެ. އޭގެ ތެރޭގައި އެންމެ ހައި-އިންޑް ލަގްޒަރީ ބްރޭންޑުތައް ކަމަށްވާ ޝެނަލް، ގޫޗީ، ލޫއި ވިޓޯން އަދި ވައިއެސްއެލް ބްރޭންޑުގެ ދަބަސްތައް ގިނަ އެވެ.

ޕެންޓްހައުސުން ހިފެހެއްޓި ބައެއް ތަކެތި.

ޕެންޓްހައުސުން ހިފެހެއްޓި ބައެއް ތަކެތި.

މަންޑޭ އާއި އޭނާގެ އަންހެނުންގެ އަތުގައި އަޅާފައި އޮތް ތަނޑިއަކީ "ކާޓިއާ" ބްރޭންޑެވެ. ޕީޖީން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި މަންޑޭ އަތުގައި އޮތް ރިހި ތަނޑީގެ އަގަކީ 7،900 ޑޮލަރު (122،000ރ) އެވެ. އޭގެ ތިން ތަނޑި އަންހެނުންގެ އަތުގައި އަޅާފައި އޮތްއިރު، އޭގެ އެއް ތަނޑީގެ އަގަކީ 29،252 ޑޮލަރު (451،000ރ) އެވެ. އޭގެ އެސް ޖެހި އެއް ތަނޑީގެ އަގު 20،679 ޑޮލަރު (318،000ރ) އަށް އަރާއިރު، އަނެއް ތަނޑީގެ އަގަކީ 12،734 ޑޮލަރު (196،000ރ.) އެވެ.

ކާޓިއާ ބްރޭންޑުގެ އަގުބޮޑު ގަހަނާތަކާއި އިތުރު ބައެއް ގަހަނާ.

ކާޓިއާ ބްރޭންޑުގެ އަގުބޮޑު ގަހަނާތަކާއި އިތުރު ބައެއް ގަހަނާ.

މަންޑޭގެ އަންހެނުންގެ ގަހަނާ ފޮށިން ދެން އެންމެ އަގުބޮޑު އެއްޗަކަށް ޕީޖީން ފާހަގަކުރީ 12،950 ޑޮލަރު (200،000ރ.) ގެ އަގު ހުރި ރޮލެކްސް ގަޑި އެވެ. އަދި ޝެނަލް ބްރޭންޑުގެ، ކަންފަތުލާ ލޯގޯ އެވެ. އޭގެ އަގަކީ 766 ޑޮލަރު (12،000ރ.) އެވެ.

ޕެންޓްހައުސް ތެރެއިން އާންމުކުރި ފޮޓޯތަކުގައި ހުރި ފައިވާން ހަރުގަނޑުގައި މުޅިން ވެސް ހުރީ ބްރޭންޑުތަކުގެ ފައިވާނެވެ. ލޫއި ވިޓޯން، ޝެނަލް، ގޫޗީ، ފެންޑީ، ވަސާޗީ، ކްރިޓިއަން ޑިއޯ، ޑޯލްޝީ ގަބާނާ، ހާމޭސް، ޕޯލޯ ފަދަ ނަން ހިނގާ އަގުބޮޑު ބްރޭންޑުތަކެވެ.

މަންޑޭ އަންހެނުން ފައިވާން ހަރުގަނޑުން ހިފެހެއްޓި ބައެއް ފައިވާން.

މަންޑޭ އަންހެނުން ފައިވާން ހަރުގަނޑުން ހިފެހެއްޓި ބައެއް ފައިވާން.

މި ތަކެތި ގަތުމަށް ފަހު ރައްކާ ކޮށްފައިވާ ފޮށިތައް ބައެއް ފޮޓޯތަކުން ފެނެ އެވެ.

އޭގެ އިތުރުން އެ ދެ މީހުންގެ ދަރިފުޅުގެ ސްޓްރޯލާ އަކީ ވެސް އަގުބޮޑު ބްރޭންޑެއް ކަމަށްވާ "ކްރިސްޓިއަން ޑިއޯ" ބްރޭންޑުގެ އެއްޗެކެވެ. އިޓަލީގެ އުފެއްދުމެއް ކަމަށް މި ސްޓްރޯލާގެ އަގަކީ 4،900 ޑޮލަރު (75،000ރ.) އެވެ.

އަގު ބޮޑު މުދަލުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް އެޕާޓްމަންޓުން ފެނިފައިވެ އެވެ.

ހުޅުމާލޭ ކޯޓުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނެރުނު އަމުރަކަށް މި މުދާތައް ހިފަހައްޓާފައި ވަނީ އެއް އަހަރަށެވެ. މި ތަކެތި ގަތުމަށް، ފޯޖް ކޮށްފައިވާ ޑޮކިއުމެންޓް ބޭނުންކޮށްގެން ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރި ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ. މިއީ ކުށް ކޮށްގެން ހޯދި މުދާކަން ސާބިތުކޮށްދެވޭނެ ކަމަށް ބެލެވޭތީ މައްސަލަ ނިމެންދެން މި ތަކެތި ހިފަހައްޓަން ކޯޓުން އަމުރުކުރީ ފުލުހުންގެ އެދުމަށެވެ.