Roadha Mihaaru
ނައިބު ރައީސް ކަމަށް ރޮޒައިނާ، ޖާބިރު އަދި ސަލީމް

މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ރޮޒައިނާ އާއި ޖާބިރު އަދި ސަލީމް

03 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ވާދަކުރެއްވައްވަން ތިން މެންބަރަކު ކުރިމަތިލައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ވާދަކުރެއްވައްވަން ތިން މެންބަރަކު ކުރިމަތިލައްވައިފި އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން ލިބިފައިވާ ކަމަށެވެ.

އެ ތިން މެންބަރުންގެ ތެރެއިން، ނައިބު ރައީސް ކަމަށް އެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ ޕީޖީ ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މަޖިލިހުގެ އާ ނައިބު ރައީސް އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ އަށެއް ޖަހާއިރު އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަނިކޮށް، ގަރާރަށް ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އެވެ.