Roadha Mihaaru
ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ

ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ

07 ޑިސެމްބަރ 2023

ޓޯޓަލް ފިޓްނެސް ސެންޓަރ (ޓީއެފްޖީ) އިން ކޮންމެ އަހަރަކު ބާއްވާ "މޯލްޑިވްސް ލޯންގް ރަން" މިރޭ ދަންވަރު 2:00 ގައި ފަށާނެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޓޯޓަލް ފިޓްނެސް ސެންޓަރ (ޓީއެފްޖީ) އިން ކޮންމެ އަހަރަކު ބާއްވާ "މޯލްޑިވްސް ލޯންގް ރަން" މިރޭ ދަންވަރު 2:00 ގައި ފަށާނެ އެވެ.

ޓީއެފްޖީ އިން ބުނީ މި އަހަރު ލޯންގްރަން އަށް މަގުބޫލްކަން އިތުރުވެފައިވާ ކަމަށާއި ރޭސް ސްލޮޓްތަކުގެ ޖާގަތައް އެއްކޮށް ހުސްވުމުގެ ސަބަބުން އިތުރާށް ހުޅުވާލި ސްލޮޓުތައް ވެސް ކުޑަ އިރުކޮޅެއް ތެރޭ ހުސްވެފައިވާ ކަމަށެވެ.

ދުވުުންތެރިންގެ ތެރެއިން 42 ކިލޯމީޓަރަށް ދުވާ މީހުންގެ ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ދަންވަރު 2:00 ގައެވެ. އަދި 21 ކިލޯމީޓަރަށް ދުވާ ދުންތެރިން ރޭހާ ގުޅެން ހަމަޖެހިފައިވަނީ ފަތިހު 5:20 ގައެވެ.

އޭގެ ފަހުން 10 ކިލޯމީޓަރަށް ދުވާ ދުވުންތެރިން ހެނދުނު 7:00 ގައި ރޭހުގައި ބައިވެރިވާ އިރު ހުރިހާ ދުވުންތެރިން އެކީ ރޭސް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ ހެނދުނު 8:00 ގައި ކަމަށް ޓީއެފްޖީން ބުންޏެވެ.

ޓީއެފްޖީން ބުނީ ދުންވުންތެރިން މާދަމާގެ ރޭހަށް ތައްޔާރުވާއިރު ލޯންގް ރަން އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ދެ ދުވަހަށް ބާއްވާ އެ އެކްސްޕޯގެ ތެރެއިން ދުވުންތެރިންގެ ރޭސް ކިޓާއި ބިބް ހަވާލު ކުރަމުން ގެންދާނެ ކަމަށް ޓީއެފްޖީން ބުންޏެވެ.

އެކްސްޕޯގެ ބައިވެރިންގެ އެންމެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަނީ ފަލަސްޠީނުގެ ދިދަ ހިމަނައިގައިގެ ތައްޔާރުކޮށްފައިވާ ބިބް ތަކަށް ކަމަށް ޓީއެފްޖީން ބުންޏެވެ.

ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލާނެ އިވެންޓެއްގެ ގޮތުގައި މި އިވެންޓު ވެގެންދާއިރު، މި އިވެންޓުން ކެންސާ ސޮސައިޓީގެ މަސައްކަތްތަކަށް ވެސް އެހީތެރިވެދޭނެ ކަމަށް ޓީއެފްޖީން ބުންޏެވެ.

ޓީއެފްޖީގެ އުންމީދަކީ ހުރިހާ ބޭފުޅުންވެސް ރޭހަށް ރަގަޅަށް ތައްޔާރުވެ ހުރިހާ ބައިވެރިންނަށްވެސް ފުރިހަމަ ކާމިޔާބު ރޭހަކަށް މި ރޭސް ވެގެން ދިއުމެވެ.