21 ޑިސެމްބަރ 2023
ޓީއެފްޖީން އެމްޓީސީސީއާ ގުޅިގެން ބޭއްވި "މޯލްޑިވްސް ލޯންގް ރަން"ގެ ވަނަތައް ހޯދި ބައިވެރިންނަށް މެޑަލް ދީފި އެވެ.
ޓީއެފްޖީން އެމްޓީސީސީއާ ގުޅިގެން ބޭއްވި "މޯލްޑިވްސް ލޯންގް ރަން"ގެ ވަނަތައް ހޯދި ބައިވެރިންނަށް މެޑަލް ދީފި އެވެ.
ދުވުންތެރިންނަށް މެޑަލް ހަވާލުކުރީ ރޭ ޓީއެފްޖީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އެ ދުވުމުގެ ތަފާތު ހަތް އުމުރުފުރާއަކުން އެންމެ މޮޅު އަންހެން ދުވުންތެރިންނާއި ފިރިހެން ދުވުންތެރިން ވަނީ ހޮވައިފަ އެވެ. މެޑަލް ދިނުމުގައި ބެލި އުމުރުފުރާތަކަކީ 13 އަހަރުން ދަށް، 14 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާ، 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާ، 30 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާ، 40 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރާ، 50 އަހަރާއި 59 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 60 އަހަރުން މަތީގެ އުމުރުފުރާ އެވެ.
ޓީއެފްޖީ "މޯލްޑިވްސް ލޯންގް ރަން"ގެ ކުޑަކުދިންގެ ކެޓަގަރީގެ ވަނަތައް ހޯދި ބައިވެރިން. -- ފޮޓޯ: ފަޔާޒް މޫސާ މިހާރު
ޓީއެފްޖީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "މޯލްޑިވްސް ލޯންގް ރަން" މެރަތަން އަކީ ބައިނަލްއަގުވާމީ މެރަތަން މިންގަނޑުތަކުން ވެރިފައި ކޮށްފައިވާ ދުވުމެކެވެ.
"މޯލްޑިވްސް ލޯންގް ރަން"ގެ ބައިވެރިންނަށް މެޑަލް ދޭން ބޭއްވި ރަސްމިއްޔާތުގައި އަންނަ އަހަރު އެ ޖިމުން ބާއްވަން ހަމަޖައްސާފައިވާ ހަތަރު ދުވުމުގެ ތެރެއިން ދެ ދުވުން ބާއްވާނެ ތާރީހު ވަނީ އިއުލާނުކޮށްފަ އެވެ.
އެ ދެ ދުވުމަކީ އަންނަ މާޗު މަހު ކުޑަކުދިންނަށް ހާއްސަކޮށް އެ ޖިމުން ބީއެމްއެލްއާ ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން" އާއި އެމްޑަބްލިއުއެސްސީއާ އެކު ބާއްވާ "އާރޯ އެމްވީ ރަން" އެވެ. "އާރޯ އެމްވީ ރަން" އަކީ 5ކޭ ދުވުމެކެވެ. މި ދުވުމުގައި ވަނަތައް ހޮވައި އިނާމު ދޭނެ އެވެ.
މި ދެ ދުވުމަށް ވެސް މިހާރު ވަނީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފަ އެވެ.
ޓީއެފްޖީން ބުނީ އެ ޖިމުން އާއްމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރު ދޭ މި ފަދަ ހަރަކާތްތައް ބާއްވަމުން ގެންދާނެ ކަމަށެވެ. އަދި އެ ޖިމުގެ އަމާޒަކީ މި ފަދަ ހަރަކާތްތަކަށް އާއްމުންގެ މެދުގައި އޮންނަ ތަރުހީބު އިތުރުކުރުން ކަމަށް ވެސް ބުންޏެވެ.
ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ
ޓީއެފްޖީ ލޯންގް ރަންގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ
ހާހެއް ދުވުންތެރިންނާ އެކު ލޯންގް ރަން ބާއްވައިފި
ގޭގައި ދުވެލައި، ޓީއެފްޖީ ހޯމް ރަންގައި ބައިވެރިވެލާ
ކޮކާކޯލާ ލޯންގް ރަން އޭޕްރީލް މަހު
ޓީއެފްޖީ ލޯންގް ރަން: މި ފަހަރު 1500 ޖާގަ!
ޓީއެފްޖީގެ މި އަހަރުގެ ލޯންގް ރަން އޭޕްރިލް 20 ގައި
"ރަން އިން ލާމު": މިއީ އެއް ވަނައިގެ ރޫޓެއް!
ރަން އިން ލާމުގެ އެކްސްޕޯ މުކުރިމަގުގައި ފަށައިފި
ޓީއެފްޖީ "ރަން އިން ލާމު": މި ފަހަރު ފޮޓޯއާ މެދު ހާސްވާކަށް ނުޖެހޭނެ!