ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެެންޓެއްގައި ތިން މީހަކު ޒަހަމްވެ އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
17 ޖޫން 2017
ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެެންޓެއްގައި ތިން މީހަކު ޒަހަމްވެ އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10 ޖަހާކަން ހާއިރު މަގަކުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އެ މަގުން އަނބުރައިލި އެހެން ސައިކަލެއްގައި ޖެހިގެން ތިން މީހަކު ޒަހަމްވި ކަމަށެވެ. އެންމެ ބޮޑަށް އަނިޔާވީ ބާރަށް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުގައި އިން މީހާއަށް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް އައިސީޔޫއިން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުުން ބުންޏެވެ.
ނަމަވެސް ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވެގެން ފަރުވާ ދެމުން ދަނީ ދެ މީހަކަށް ކަމަށެވެ. އެ ދެ މީހުންގެ ވެސް ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި ހާލާ ގުޅޭގޮތުން އަދި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުޒާދު ވިދާޅުވީ ފަރުވާ ދެމުން އަންނަ ދެ ފިރިހެނުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެތަނުން އެކެއްގެ ބޮލަށް އަނިޔާތައް ލިބިފައިވާ ކަމަށާއި އޮބްޒަވޭޝަނަށް މިރޭ އައިސީޔޫގައި ބާއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"..ފަހަރެއްގައި އިމަޖެންސީކޮށް ސީޓީ ސްކޭން ހަދަން މާލެ ފޮނުވާލަން ޖެހިދާނެ،" ފަރުޒާދު ވިދާޅުވި އެވެ.
އައްޑޫގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެފައި ވެ އެވެ.
ފުވައްމުލަކުގައި އެކްސިޑެންޓެއްވެ، ޒުވާނެއްގެ ހާލު ގޯސް
މަގުތައް ތަރައްގީކުރަނީ ރޭސްޖަހާކަށް ނޫން: ޝުޖާއު
ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް، އެކެއްގެ ހާލު ގޯސް
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް!
ސައިކަލަކުން ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސް
ފުވައްމުލަކު އެކްސިޑެންޓް:2 މީހުން ފަރުވާއަށް މާލެއަށް
އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް
ފުވައްމުލަކުގަ އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެ
ފުވައްމުލަކުގައި އެކްސިޑެންޓު ހިނގައި އެކަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ