Roadha Mihaaru
ފުވައްމުލަކުގައި އެކްސިޑެންޓު ހިނގައި އެކަކު މަރުވެއްޖެ

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ

20 ނޮވެމްބަރ 2017

ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ފުވައްމުލަކު އެއާޕޯޓު ކައިރީގައި މިރޭ 7:15 ހާއިރު ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އެ ކުއްޖާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ހަށިގަނޑުގެ ބައެއް ތަންތަން ބިންދައިގެން ގޮސްފައިވެ އެވެ.

ފުވައްމުލަކުގައި މިރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. މި އެކްސިޑެންޓުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައި.

ފުވައްމުލަކުގައި މިރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. މި އެކްސިޑެންޓުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައި.

އެ އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް ވެސް އަނިޔާ ލިބިފައިވެ އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށެވެ.

އާސަންދަ އިން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން ފުވައްމުލަކުގައި ފަރުވާދެމުން އަންނަ ދެ މީހުން އިތުރު ފަރުވާ އަށް ޗާޓަރު ފްލައިޓެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ އުމުރުން 16 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށެވެ. އެކްސިޑެންޓު ހިނގި ގޮތުގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ.