12 ޑިސެމްބަރ 2023
އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމެއް އޮތް ނަމަވެސް، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާ މެދު ވަކި ގޮތެއް ސަރުކާރުން އަދި ނުނިންމާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމެއް އޮތް ނަމަވެސް، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާ މެދު ވަކި ގޮތެއް ސަރުކާރުން އަދި ނުނިންމާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކާ ގުޅިގެން ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތް ދޭން އެއްބަސްވީ ގަތަރުގެ ކުންފުންޏަކާއި އެސްޓީއޯއާ ދެމެދުގައި ކަމަށެވެ. އެ އެއްބަސްވުން އަދި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އެމްއޯޔޫގައި ސޮއި ކުރީ އެސްޓީއޯއާ އެކު. އެއްވެސް މަސައްކަތެއް ހުއްޓާލާފައެއް ނުވާނެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ގޮތަކީ ކޮބައިތޯ، އޭގައި އަދި ސަރުކާރުން ގޮތެއް ނުނިންމާ. އެމްއޯޔޫ ހަމަ އެކްޓިވް ކަމަށް މައުލޫމާތު ލިބިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހު އެވެ. އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދަން ނިންމާފައިވެ އެވެ.
އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓް ގަތަރު ކުންފުންޏަކާ ހަވާލު ކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ | އެސްޓީއޯ
ސައީދު ވިދާޅުވީ، އެ ޕްރޮޖެކްޓް ކުރިއަށްދާނެ ގޮތެއް ބަލަން އެމްއޯޔޫ ރިވިއު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އުތުރުގައި، ބަންކަރިން ހިދުމަތްތަކާއި އެ ސަރަހައްދުގެ ބޯޓުތަކަށް ބޭނުންވާ އިތުުރު ހިދުމަތްތައް ދިނުމަކީ މި ސަރުކާރުގެ ވިސްނުމެކެވެ.
ސައީދު ވިދާޅުވީ، ގަތަރުގެ ޔޫސީސީއާ އެކު އެއްބަސްވެފައި އޮތީ ބަންކަރިން ހިދުމަތް ދިނުމަށްޓަކައި އެކަން ކުރެވިދާނެތޯ ބެލުމުގެ އެއްބަސްވުމެއް ކަމަށެވެ.
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
އައިހެވަން ޕްރޮޖެކްޓް އަލުން ފަށާނަން: ސައީދު
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ
ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ
"އިންވެސްޓްކުރަން ފަސޭހަ ތަނަކަށް ރާއްޖެ ހަދާނަން"
"ޓްރޭޑިއަން" ނެޝަނަލް ސިންގަލް ވިންޑޯ ތައާރަފްކޮށްފި
ރާއްޖެ-ތުރުކީގެ އެފްޓީއޭ އެކުލަވާލައިފި
ޕޭޕަލް ގެންނަން އެ ކުންފުންޏާ އެކު މަޝްވަރާކޮށްފި
ފޮރިން އިންވެސްޓްމެންޓްގެ އާ ބިލެއް މަޖިލީހަށް
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ