ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ޕީޖީ އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވާ އަދި ޕީއެސްއެމްގެ ކުރީގެ ޕްރެޒެންޓަރު ޝަފީއުއަކީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ވެސް ދައުލަތުގެ ވަކީލުންގެ ޓީމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.
މީގެ ކުރިން ވެސް އެފަދަ ތުހުމަތުތަކެއް ޝަފީއު އަށް ކުރި އެވެ. މި ފަހުން އޭނާގެ ވީޑިއޯތަކެއް ލީކުވި މައްސަލާގައި ވެސް މިހާތަނަށް ޕީޖީ އޮފީހުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އެ މައްސަލާގައި މީޑިއާ އަށް ވެސް ޕީޖީ އޮފީހުން ޖަވާބެއް ނުދެ އެވެ.
ފުލުސް މީހާގެ އަދަބު ބޮޑުވުމުން ޕީޖީން ހައިކޯޓަށް ދަނީ
އަލަމްގީރް ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި
ބާ ކައުންސިލުން ނާޒިމް ސައްތާރުގެ މައްސަލަ ބަލަނީ
އޮޕަރޭޝަން ފެށުމާ އެކު ނާޒިމް "ފިލައިފި"
ޕީޖީން ވަކިކުރި ވަކީލަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ޖެހިއްޖެ
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޑްރަގް ޓްރެފިކްކުރި މީހަކު ޖަލަށްލައި،ބޮޑު ޖޫރިމަނާއެއް
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި