ކ. ހިންމަފުއްޓަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ގޭގެޔަށް ފެން ވަދެ ގެއްލުން ވެއްޖެ އެވެ.
14 ޑިސެމްބަރ 2023
ކ. ހިންމަފުއްޓަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ގޭގެޔަށް ފެން ވަދެ ގެއްލުން ވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން 13 ގެޔަކަށް ފެން ވަދެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވީ ކައުންސިލް އިދާރާ އާއި ޕްރީ ސްކޫލަށް ވެސް ފެން ވަދެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ.
ހިންމަފުށީ ކައުންސިލް އިދާރާގައި ފެންބޮޑުވެފައި.-- ފޮޓޯ: ކައުންސިލް
"އެ ސަރަހައްދުތަކުގައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ. އާންމުންނާއި ކައުންސިލްގެ އިތުރުން މި ރަށު ފުލުހުންނާއި އައްސޭރި ޖަލުގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަނީ، ފެން ހިންދުމަށް،" އޭނާ ވިދާޅުވި އެވެ.
ހިންމަފުށީ ކައުންސިލް އިދާރާއަށް ފެން ވަނަނުދިނުމަށް ވެލި ބަސްތާ ޖަހާފައި.-- ފޮޓޯ: ކައުންސިލް
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ވާނެ އެވެ. ކ. އަތޮޅުން ތ. އަތޮޅާ ހަމަޔަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގުގުރާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
މާލޭން 21 ގަޑިއިރުތެރޭ 30،569 ޓަނު ފެން ހިންދި
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފި
އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް
ހިންމަފުށީ ކައުންސިލް މެމްބަރަކު ކަރަންޓުގައި ޖެހިއްޖެ
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ