Roadha Mihaaru
އެންކޫންކޫ އާއެކު ހިތްވަރެއް، އެކަމު ވަގުތު ބޭނުންވޭ

އެންކޫންކޫ އާއެކު ޕޮޗެޓީނޯ އަށް ހިތްވަރެއް، އެކަމު ވަގުތު ބޭނުންވޭ

20 ޑިސެމްބަރ 2023

ލަންޑަން (ނޮވެމްބަރު 20) - މި ސީޒަނަށް ޗެލްސީއާ ގުޅުނު ފްރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ، ޗެލްސީއާ އެކު ކުޅުނު ފުރަތަމަ ރަސްމީ މެޗުން ޓީމު މޮޅުވެ، އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލަންޑަން (ނޮވެމްބަރު 20) - މި ސީޒަނަށް ޗެލްސީއާ ގުޅުނު ފްރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ، ޗެލްސީއާ އެކު ކުޅުނު ފުރަތަމަ ރަސްމީ މެޗުން ޓީމު މޮޅުވެ، އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލީގް ކަޕްގެ ކުއާޓާ ފައިނަލްގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ، މިދިޔަ ޖޫން މަހު ޗެލްސީ އަށް ސޮއި ކުރި އެންކޫންކޫގެ ކަކުލަށް ޕްރީސީޒަންގައި ކުރިމަތިވި އަނިޔާއާ ގުޅިގެން، ކުޅުމާ ދުރުގައި ހުރުމަށް ފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 69 ވަނަ މިނިޓުގައި ނިކޮލަސް ޖެކްސަންގެ ބަދަލަށް އެންކޫންކޫ ކުޅެން އެރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، ޗެލްސީ ސެމީ އަށް ދިޔައީ 4-2 އިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މުޑްރިކް (ވ) ގޯލު ޖަހައި ޗެލްސީ އަށް އެއްވަރު ކޮށްދިން ގޯލަށް ފަހު އެންކޫންކޫ (ކ) އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ޗެލްސީ

މުޑްރިކް (ވ) ގޯލު ޖަހައި ޗެލްސީ އަށް އެއްވަރު ކޮށްދިން ގޯލަށް ފަހު އެންކޫންކޫ (ކ) އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ޗެލްސީ

ޕެނަލްޓީގައި ޗެލްސީގެ ގޯލުތައް ޖަހައިދިނީ ކޯލް ޕާމާ އާއި ކޮނޯ ގަލަގާ އާއި އެންކޫންކޫ އާއި މުޑްރިކެވެ. ނިއުކާސަލްގެ ވިލްސަން އާއި ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބު ކުރި ނަމަވެސް ކީރެން ޓްރިޕިއާ ފޮނުވާި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ޗެލްސީ މޮޅުވީ މެޓް ރިޗީ ފޮނުވާލި ޕެނަލްޓީ، ކީޕަރު ޑޯޑީ ޕެޓްރޮވިޗް ދިފާއު ކުރި އެވެ.

ޗެލްސީގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒް އަށް އަނިޔާ ވެފައި ވުމާ އެކު ރޭގެ މެޗުގައި ސްޓާޓް ކުރީ ބަދަލު ކީޕަރު ޕެޓްރޮވިޗް އެވެ. އަދި ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އަށް ވެސް އަނިޔާވެގެން ވަނީ ބަދަލު ކޮށްފަ އެވެ.

މެޗުގެ 16 ވަނަ މިނިޓުގައި ކެލަމް ވިލްސަން ނިއުކާސަލް އަށް ލީޑު ނަގައިދީފައި ވަނިކޮށް ޗެލްސީން އުންމީދެއް ހޯދައި ޕެނަލްޓީ އަށް ދިޔައީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި މިކައިލޯ މުޑްރިކް ޖަހައިދިން ގޯލުންނެވެ.

ޗެލްސީގެ ކީޕަރު ޕެޓްރޮވިޗް، އޭނާ ވަނީ ޕެނަލްޓީ ޝޫޓައުޓްގައި ނިއުކާސަލްގެ ޕެނަލްޓީއެއް މަތަކޮށްފަ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކީޕަރު ޕެޓްރޮވިޗް، އޭނާ ވަނީ ޕެނަލްޓީ ޝޫޓައުޓްގައި ނިއުކާސަލްގެ ޕެނަލްޓީއެއް މަތަކޮށްފަ.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެން މި ދައްކަނީ ޒުވާން ކުޅުންތެރިންތަކެއްގެ ވާހަކަ. ކްރިސްޓޮފާ [އެންކޫންކޫ] ކަހަލަ ކުޅުންތެރިން އައި ގޮތަށް ކުރިމަތިވީ ބޮޑު އަނިޔާ އެއް. ރަނގަޅު ވެގެން އައިސް ސީޒަން މެދުތެރޭން ކުޅެން ފަށާއިރު އެންމެ ރަނގަޅު ފޯމަށް އެޅެން ވަގުތު ބޭނުން ވާނެ. ކޮންމެ މީހަކު ވެސް ފާޑު ކިޔާނެ މިހާރު ރަނގަޅު ވެގެން ކުޅެވެންޏާ، އެކަމު އޭނާގެ ފޯމާ މެދު ފާޑު ކިޔާ މީހުން ނުވިސްނާނެ،" ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.

"އެންމެން ވެސް އުންމީދު ކުރަނީ އެންކޫންކޫ ކުރިން ކުޅުނު އެންމެ ރަނގަޅު ފޯމުގައި ކުޅެން. އެކަމު އަހަރެމެންގެ އުންމީދުތަކަށް ވާސިލްވާން އޭނާ އަށް ވަގުތު ނަގާނެ. ކުޅެވުމާއި އަހަރެމެން އުންމީދު ކުރާ ފެންވަރަށް ކުޅުމަކީ ދެ ކަމެއް. އަހަރެމެން ޓީމުގެ އެއްވެސް ފަރާތަކުން އޭނާ އަށް ޕްރެޝަރެއް ނުކުރާނަން."

ލީގް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ފުލަމް އާއި އެވަޓަން ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ނަމަވެސް ޕެނަލްޓީގައި 7-6 އިން ކުރި ހޯދައިގެން ސެމީ އަށް ދަތުރު ކުރީ ފުލަމް އެވެ. ހަމަ އެއާ އެކު މިޑްލްސްބަރާ ވަނީ 3-0 އިން ޕޯޓް ވޭލް އަތުން މޮޅުވެފަ އެވެ.

ކުއާޓާގެ ފަހު މެޗުގައި މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލު ކުރާނެ އެވެ.