Roadha Mihaaru
ކޯޓަށް ދިއުމުން ޖާބިރު އެއް މިލިއަން ޑޮލަރު ދައްކައިފި

އެއް މިލިއަން ޑޮލަރު އަނބުރާ ނުދޭތީ ޖާބިރާ ދެކޮޅަށް ދައުވާ ކުރުމުން ފައިސާ ދައްކައިފި

26 ޑިސެމްބަރ 2023

މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދެއްވި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަނބުރާ ނުދީގެން ފައިސާ ހޯދަން ދައުވާ ކުރުމުން އެ ފައިސާ ދައްކައިފި އެވެ.

އާދަމް މަނިކުގެ ފަރާތުން ޖާބިރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ޖާބިރަށް ދަރަންޏެއްގެ ގޮތުގައި ދެއްކެވި އެއް މިލިއަން ޑޮލަރު އަނބުރާ ނުދޭތީ އެވެ. ޖާބިރުގެ އިތުރުން ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރީ އެ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާތީ އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ފައިސާ އަނބުރާ ލިބިފައިވާ ކަމަށް ބުނެ އެ ދައުވާ އަނބުރާ ގެންދަން އާދަމް މަނިކުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ދައުވާ އަނބުރާ ގެންދެވިފައިވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ހާލަތުގަ އެވެ.