Roadha Mihaaru
މައުމޫނާ ދެކޮޅަށް ޖާބިރު ކުރި ދައުވާ ކާމިޔާބެއް ނުވި

މައުމޫން އަތުން 29 މިލިއަން ހޯދަން ޖާބިރު ކުރި ދައުވާ ކާމިޔާބެއް ނުވި

08 އެޕްރީލް 2021

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

އެގޮތަށް ކޯޓުން ހުކުމްކުރީ ރިޔާސީ އިންތިޚާބު 2018 ގެ ކެމްޕެއިނަށް ޖާބިރު އަތުން 29 މިލިއަން ރުފިޔާ މައުމޫން ހޯއްދެވި ކަމަށް ބުނެ ޖާބިރު ދައުވާ ކުރެއްވުމުންނެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާއާ ހަވާލުވެ ވަޑައިގަތީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ދައުވާ ސާބިތުނުވާތީ، އެ ދައުވާގައި ހޯދަން އެދިފައިވާ ފައިސާ ދައްކަން މައުމޫންގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.

އެ މައްސަލަ ޖާބިރުގެ ފަރާތުން ކުރިން ފުލުހަށް ވެސް ހުށަހެޅި އެވެ. އަދި ފަހުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ ފައިސާ އަށް ފާރިސް ޚިޔާނާތްވި ކަމަށް ތުހުމަތުކޮށް ފުލުހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

މައުމޫންގެ ފަރާތުން އަބަދުވެސް ބުނަމުން އަންނަނީ ޖާބިރު އަތުން އެއްވެސް ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށެވެ.