Roadha Mihaaru
ފޭސް 2ގެ ބަންދު ސަރަހައްދަށް ވަނުން މަނާކޮށްފި

ހުޅުމާލެ ފޭސް 2 ގެ ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަ ނެތި ވަނުން މަނާކޮށްފި

26 ޑިސެމްބަރ 2023

ހުޅުމާލެ ފޭސް 2 ގައި ފެންސު ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަ ނެތި އާންމުން ވަނުމަކީ މަނާކަމެއް ކަމަށް އާބަންކޯ އިން މިއަދު އަންގައިފި އެވެ.

ހުޅުމާލެ ފޭސް 2 ގައި ފެންސު ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަ ނެތި އާންމުން ވަނުމަކީ މަނާކަމެއް ކަމަށް އާބަންކޯ އިން މިއަދު އަންގައިފި އެވެ.

އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފޭސް 2 ގައި ފެންސު ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވި ނަމަވެސް މަދުންނަމަވެސް، އާންމުން މި ސަރަހައްދަށް ވަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ވީމާ ހުއްދައެއްނެތި، ޒަރޫރީ އެއްވެސްބޭނުމަކާއި ނުލައި މިސަރަހައްދަށް ނުވަނުމަށް އަންގާ އިއުލާނު ކުރަމެވެ،" އާބަންކޯ އިން ބުންޏެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، މިހާރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ އިދާރާތަކުން އިލްތިމާސް ކުރަމުންދާ ކަން އާބަންކޯ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، ހުޅުމާލޭގެ އެ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވާތީ، މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.