Roadha Mihaaru

ހަތަރު އަހަރު ތެރޭ ލަންކާއަށް އެންމެ ގިނަ ޓޫރިސްޓުން އައީ މި މަހު

މި މަހު ލަންކާއަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށާއި މިއީ މިދިޔަ ހަތަރު އަހަރު ތެރޭ އެންމެ ގިނަ ޓޫރިސްޓުން އައި މަސް ކަމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެއްޖެ އެވެ.

މިއީ 4 އަހަރުތެރޭ ޓޫރިސްޓުން އެންމެގިނަ މަސް: ލަންކާ

މި މަހު ލަންކާއަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށާއި މިއީ މިދިޔަ ހަތަރު އަހަރު ތެރޭ އެންމެ ގިނަ ޓޫރިސްޓުން އައި މަސް ކަމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސޯޝަލް މީޑިއާގައި ވިދާޅުވީ ޓޫރިޒަމްގައި ލިބެމުން އަންނަ ކާމިޔާބީއަށް ބަލާއިރު މި އަހަރު ލަންކާއިން ކަނޑައެޅި 1.5 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ހާސިލްކުރެވޭނެ ކަމަށެވެ.

ޓޫރިޒަމް އަކީ ލަންކާއަށް އެންމެ ގިނައިން އާމްދަނީ ލިބޭ އެއް ސިނާއަތެވެ. އެ ގައުމުގެ ޓޫރިޒަމް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އަޑިއަޅާލުމުން ފެށި ކެމްޕެއިނުގައި ޗައިނާ، އިންޑިއާ، އިންޑޮނީޝިއާ، ރަޝިޔާ، ތައިލެންޑް އަދި ޖަޕާނުން އަންނަ މީހުންނަށް ވިސާ ފީ ނުނަގަން ވަނީ ނިންމައިފަ އެވެ.