މާލެގެ ތަރައްގީއަށްޓަކައި ސަރުކާރާ އެއް ފިކުރެއްގައި މަސައްކަތްކުރާ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި އެވެ.
12 ޖެނުއަރީ 2024
މާލެގެ ތަރައްގީއަށްޓަކައި ސަރުކާރާ އެއް ފިކުރެއްގައި މަސައްކަތްކުރާ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި އެވެ.
މާލޭގެ މޭޔަރު ހޮވަން މާދަމާ ބާއްވާ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އާއިޝަތު އާޒިމާ ޝަކޫރު އެވެ. އަދި އެ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑިއަށް ވެސް އެ ޕާޓީގެ ތިން ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ.
އެ ޕާޓީން މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވިއިރު އޭރުގެ ސަރުކާރު ލެވެލްގައި އެއްބާރުލުން ނުލިބުނު އެތައް މަސައްކަތެއް މިހާރު ފަށައިގެން ކުރިޔަށްދާ ކަމަށެވެ.
އޭގެ ތެރޭގައި މާލެ މަގުތައް ހެދުމާއި، ހައުސިން މަޝްރޫއުތަކާއި ޕާކިން ބިލްޑިންތައް ހެދުމުގެ މަސައްކަތްތައް ހިމެނޭކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެ މަސައްކަތްތައް ކުރުމަށް މިހާރު މާލޭ ސިޓީ ކައުންސިލަށް ފުރުސަތު ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގެއި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިނު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހުޅުމާލެ މީހުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު.-- ފޮޓޯ: ފަޔާން މޫސާ / މިހާރު
އެ މަސައްކަތްތައް ކުރުމަށް އަނެއްކާ ވެސް ސަރުކާރާއި ދެކޮޅު ވިސްނުމުގައި ސިޔާސަތެއް ގެންގުޅޭ ޕާޓީއެއްގެ، ކެންޑިޑޭޓަކު ހޮވައިފިނަމަ މާޒީގައި ފެނިފައި ހުރި ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރު ކުރަން މާލޭގެ ރައްޔިތުންނަށް ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާލޭ ތަރައްގީއަށްޓަކައި ރައްޔިތުން އެދިވަޑައިގަންނަވާ އެންމެ މުހިންމު ކަންކަން، ސަރުކާރާއި ގުޅިގެން ރައްޔިތުންނާއި އެކީގައި، ސަރުކާރާއި މެެދުވެރިވާ، ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭ މެދުވެރިއަކަށްވާ، ރައްޔިތުންގެ ފަރާތުން ހުންނަ މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން މާދަމާ ސަރުކާރަށް ތާއިދު ކުރައްވާ، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާއި ގުޅިގެން ތަންފީޒުކޮށްދޭނެ މޭޔަރު ހޮވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެކަމާއި ކަންބޮޑުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ޔަަގީން ކުރަނީ މާދަމާ އިންތިހާބުގައި އެކަހަލަ ރިސްކެއް ނުނަންގަވާނެ ކަަމަށެވެ.
މާޅެ މޭޔަރު ހޮވައި އިންތިހާބުގައި ވޯޓު ދެއްވަން ވާނީ ވަރަށްބޮޑަށް ވިސްނާފަ ކަން ރައީސް ތަކުރާރުކުރެއްވި އެވެ.
މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަންގައި މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.
"މޭޔަރުކަމަށް ޓެސްޓު ކޮށްލައްވާ، މާޔޫސްވިޔަ ނުދޭނަން"
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ
އާޒިމާ ހޮވައިދީ، ވިލިމާލޭގެ ހުރިހާ ކަމެއް ހަމަޖެހޭނެ
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް އެދިވަޑައިގަތީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރަން
ރައްޔިތުންނަށް މަންފާ ލިބޭ ކަމެއްގެ ހުރަހަކަށް ނުވާނަން
މޭޔަރުކަމަށް ވާދަކުރައްވަަން އާޒިމާ ފޯމް ހުށަހަޅުއްވައިފި
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް
އާޒިމާ މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ