ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހޯވައިދީފިނަމަ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
06 ޖެނުއަރީ 2024
ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހޯވައިދީފިނަމަ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އާޒިމާގެ ކެމްޕެއިނަށް ވިލިމާލެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ކަމަށެވެ.
އެއީ ރައްޔިތުން ހޮވާ ކައުންސިލަރުންނާއި މަދޫބުންނާއި މޭޔަރުން މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައް ސަރުކާރާ ހަމައަށް ގެނެސްގެން ނުވަތަ ސަރުކާރުން ބޭނުންވާ ކަންކަން ރައްޔިތުން ގާތަށް ގެންގޮސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކުރިއަށް ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ ހުރިހާ އެއްބާރުލުމެއް، ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފަހިވުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތުވެ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވައި މޭޔަރަކަށް އަޅުގަނޑުމެންގެ ފިކުރުގައި ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ އަދި މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ،" ރައީސް ވިދާޅުވި އެވެ.
މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް.--
"މިހާރު އެބަ ފެނޭ މަޖިލިސް ތެރެއިން ކަންކަން ކުރާ ގޮތް. އެހެންވީމާ ތިބޭފުޅުން އެ ރިސްކު ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓް [އާޒިމާ] ހޮއްވަވައި ދެއްވީމާ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ، މި ރަށުގައި [ވިލިމާލޭގަ] ކުރަން ހުރި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ."
ރައީސް ވިދާޅުވީ އެއީ ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ބުނާ ބަދު ބަހެއް ނޫން ކަމަށާއި ނަމަވެސް އެއީ ޕާޓީގެ ނިޒާމު އޮންނަ ގޮތް ކަމަށެވެ.
އާޒިމާގެ މެނިފެސްޓޯ އިފްތިތާހުކުރަން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވެސް ރައީސް ވަނީ, އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރައްވަން ބޭނުންވެވަޑައިގެން, ނަމަވެސް ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުކުރެވި ހުރި ކަންކަމުގެ ވާހަކަފުޅު ދައްކަވާފަ އެވެ.
މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް.--
އެގޮތުން ސަރުކާރުގެ ވިސްނުމުގައި ކަންކަން ނުކުރާނެ ކެންޑިޑޭޓަކު މޭޔަރު ކަމަށް އިންތިހާބު ކުރުމަކީ މާލެ ރައްޔިތުންނަށް ބުއްދިވެރި ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ހެނދުނު ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވަން ނިންމާފައި ވާއިރު މެންދުރުފަހު ހުޅުމާލެއަށް ވަޑައިގެން ކެމްޕޭން ކުރައްވަން ވެސް ވަނީ ނިންމަވާފަ އެވެ.
މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ މި މަހުގެ 13 ގަ އެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.
މާލޭގެ ތަރައްގީއަށް ޕީއެންސީ ކެންޑިޑޭޓުން ހޮވައިދީ
"މޭޔަރުކަމަށް ޓެސްޓު ކޮށްލައްވާ، މާޔޫސްވިޔަ ނުދޭނަން"
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް އެދިވަޑައިގަތީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރަން
ރައްޔިތުންނަށް މަންފާ ލިބޭ ކަމެއްގެ ހުރަހަކަށް ނުވާނަން
މޭޔަރުކަމަށް ވާދަކުރައްވަަން އާޒިމާ ފޯމް ހުށަހަޅުއްވައިފި
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް
އާޒިމާ މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ