08 ޖެނުއަރީ 2024
ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ތިބި ފުލުހުންނަކީ ސިޔާސީ ނުފޫޒުގައި ނުޖެހި ހަމަހަމަކަމާ އެކު ހިދުމަތްކުރަން ދެމިތިބި ބައެއް ކަމުގެ އިތުބާރު އުފައްދައި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް ކަމުގެ ލައްގަނޑު ފިލުވާލާނެ ކަމަށް އާ ޕޮލިސް ކޮމިޝަަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ތިބި ފުލުހުންނަކީ ސިޔާސީ ނުފޫޒުގައި ނުޖެހި ހަމަހަމަކަމާ އެކު ހިދުމަތްކުރަން ދެމިތިބި ބައެއް ކަމުގެ އިތުބާރު އުފައްދައި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް ކަމުގެ ލައްގަނޑު ފިލުވާލާނެ ކަމަށް އާ ޕޮލިސް ކޮމިޝަަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
އޭރަކު އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަށް ހިދުމަތުގައި ތަފާތުކުރުން ގެންގުޅުމާއި ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމާއި ތަހުގީގުތައް ކުރުމުގައި އިންސާފުން ބޭރުވާ ކަމުގެ ތުހުމަތު ފުލުހުންނަށް އޮވެ އެވެ. މި ތުހުމަތުތަކުން ސަލާމަތްވެ އިތުބާރު އުފައްދާނެ ކަމުގެ ޔަގީންކަން އޭރަކު އޮންނަ ލީޑަޝިޕުން އަބަދުވެސް ދެ އެވެ.
އާ ސީޕީ ޝުޖާއު "މިހާރު"އަށް ވިދާޅުވީ ފުލުހުންނަކީ ވަކި ސިޔާސީ ވިސްނުންތަކަކަށް ތާއީދުކޮށް ހިދުމަތް ދޭ ބައެއްގެ ގޮތުގައި ނުފެންނާނެ ކަމަށެވެ. ކޮންމެ ފުލުހަކު ވެސް މުއައްސަސާގެ ގާނޫނީ ހަމަ ހިފަހައްޓައި އިތުބާރު ހޯދަން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް އެއީ އަޅުގަނޑުމެން ފުލުހުންނަކީ ވަކި ވިސްނުމެއްގައި ވަކި ގޮތަކަށް މަސައްކަތްކުރާ ބައެކޭ ނުވަތަ ކުރާނެ ބައެކޭ ޕަބްލިކުން އައުން. ހަމަގައިމު ވެސް އަޅުގަނޑު މިތަނުގައި އިސްކޮށް ހުރެ އެ ޖާގައެއް ނުދޭނަން،" ޝުޖާއު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު މި މަގާމަށް އައްޔަންކުރައްވާފައި އެންމެ އަލަށް ވެސް ކުރެއްވި ރިކުއެސްޓަކީ ސީޕީއޭ ސިޔާސީ ގޮތުން އަޅުގަނޑުމެންގެ މި މުއައްސަސާގައި މި އޮތް ލައްގަނޑު ފިލުވައިލަދޭން މަސައްކަތް ކޮށްދެއްވާށޭ. އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،"
މުޒަހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ | މިހާރު
ފުލުހުންގެ ޔުނިފޯމުލާ ކޮންމެ މުވައްޒަފަކާއި ސިވިލް އަދި ކޮންޓްރެކްޓް މުވައްޒަފުންނަކީ ވެސް އެ މުއައްސަސާގެ ހަމަ ހިފަހައްޓަން ވިސްނައިދީ އެގޮތުގައި ކުރިއަށްދާ ބަޔަކަށް ހެދޭތޯ މަަސައްކަތް ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
"އަލަށް ވަންނަ ކުދިންނާއި ޓްރޭނިންތަކުން ވެސް މި ނިންމާ ކުދިންނަށް އެކަމުގައި ވިސްނައިދޭނަން އަޅުގަނޑުމެން ވަކި ސިޔާސީ ވިސްނުމަކަށް ތާއީދުކޮށް މިތަނުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ތަފާތެއް ނުގެންގުޅޭނެ މުއައްސަސާއެއްކަން،" އޭނާ ވިދާޅުވި އެވެ،
ސިޔާސީ ނުފޫޒުގައި ޖެހުމަކީ ފުލުހުންނަށް ގާނޫނީ ގޮތުން މަނާ ކަމަކަށްވާތީ، އެފަދަ ކަންކަން ކުރާ މީހުންނާ މެދު އޮންނަ ޕްރޮސެސްގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިތަނުގައި ހުރެ ދެވޭނެ ޔަގީންކަމަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވަަރަށް ބޮޑު ވައުދުފުޅެއް އެއީ އަޅުގަނޑުމެންގެ މި މުއައްސަސާ ސިޔާސީ ކަންތައްތަކުން ދުރުވެ ތިބުން. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދޭނެ: ޕީޖީ
މަގުތައް ތަރައްގީކުރަނީ ރޭސްޖަހާކަށް ނޫން: ޝުޖާއު
"ފުލުހުންގެ މަސައްކަތުގެ ނަތީޖާ ނުފެންނަނީ ނިޒާމާހެދި"
ރައްކާތެރިކަމަށް ފުލުހުންގެ އިސްވެރިން މަގުތަކަށް
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރައްވައިފި
އޮޕަރޭޝަންތަކާ އެކު އެކްސިޑެންޓުތައް މަދުވެއްޖެ: ސީޕީ
ރައްޔިތަކު އަތުވެއްޖެ ނަމަ މާޔޫސްކޮށް ނުލާތި: ސީޕީ
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
އަންހެންމީހާ ސަލާމަތްކުރުމުގައި ފުލުސްމީހާއަށް އަނިޔާވި!