Roadha Mihaaru
ޔުގެންޑާގައި ކޮވިޑް ވެކްސިން ގިނަވެ އުކާލަން ޖެހިއްޖެ

ޔުގެންޑާގައި 7 މިލިއަން ޑޮލަރުގެ ކޮވިޑް ވެކްސިން އުކާލަން ޖެހިއްޖެ

11 ޖެނުއަރީ 2024

ކޮވިޑް-19 އިން ރައްކާތެރިވާން ދޭ ވެކްސިންގެ 7.4 މިލިއަން ޑޮލަރުގެ ވެކްސިން ބޭނުން ނުކޮށް ހުއްޓާ މުއްދަތު ހަމަވެ އުކާލަން ޖެހިފައިވާ ކަމަށާއި އިތުރު ސްޓޮކެއްގެ މުއްދަތު އަންނަ އަހަރު ވެސް ހަމަވާނެ ކަމަށް ޔުގެންޑާއިން ބުނެފި އެވެ.

އިރުމަތީ އެފްރިކާގެ މި ގައުމުގައި ހުރި 12.6 މިލިއަން ޑޮލަރުގެ ކޮވިޑް ވެކްސިން ދެ ބައިކުޅަ އެއް ބަޔަކީ ވޯލްޑް ބޭންކުން ލޯނެއް ނަގައިގެން ގަނެފައިވާ ތަކެތި ކަމަށް ޔުގެންޑާގެ އޮޑިޓަ ޖެނެރަލް ޖޯން މުވަންގާ ވަނީ ރިޕޯޓެއްގައި ވިދާޅުވެފަ އެވެ.

"މުއްދަތު ހަމަވެފައިވާ ކޮވިޑް ވެކްސިންގެ އަގު 28.159 ބިލިއަން ޔުގެންޑާ ޝިލިންގް (7.4 މިލިއަން ޑޮލަރު) އަށް އަރާ،" ގާނޫނު ހަދާ މަޖިލީހަށް އޮޑިޓަ ޖެނެރަލް ހުށަހެޅުއްވި ރިޕޯޓެއްގައިވެ އެވެ.

ޔުގެންޑާގެ ނެޝަނަލް މެޑިކަލް ސްޓޯސްގެ އެގްޒެކަޓިވް ޑިރެކްޓަރު މޮސެސް ކަމަބާރޭ އޭއެފްޕީ އަށް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިންތައް ނައްތާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގައި، ހެލްތު މިނިސްޓަރު ޖޭން ރޫތު އަސެންގް ވިދާޅުވީ ކޮވިޑް ވެކްސިން ދެވޭ އުމުރުގެ 59 ޕަސެންޓް މީހުން ޔުގެންޑާގައި ތިބީ ވެކްސިން ފުރިހަމަކޮށްގެން ކަމަށެވެ. -- އޭއެފްޕީ