16 ޖެނުއަރީ 2024
ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިއުމަށް ފަހު، ރާއްޖެ އަންނަން ބޭނުންވި މީހުންގެ ތެރެއިން މިއަދު ގެނައި މީހުން ރިހެބިލިޓޭޓް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިއުމަށް ފަހު، ރާއްޖެ އަންނަން ބޭނުންވި މީހުންގެ ތެރެއިން މިއަދު ގެނައި މީހުން ރިހެބިލިޓޭޓް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ ހަ މީހަކާއި 15 ކުޑަކުއްޖަކު މިއަދު ފަތިހު ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެނެސްފއިވާއިރު، އެ މީހުން ރިހެބިލިޓޭޓް ކުރެވޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ސީރިއާ އިން ދިވެހި އެއް އާއިލާއެއް ރާއްޖެ ގެނެސް ހިންމަފުށީގައި ހުންނަ އިންޓަގްރޭޝަން ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދީ، މިހާރު މުޖުތަމައަށް ދޫކޮށްލާފައިވާ ކަމށެވެ.
އެއް އަހަރު ވަންދެން ރިހެބިލިޓޭޓް ކުރުމަށް ފަހު، ދޫކޮށްލި އެ އާއިލާގެ ފަރާތުން މިހާތަނަށް މުޖުތަމައަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ މީހުންގެ ކަންކަން ފަސް އަހަރު ވަންދެން މޮނިޓާ ކުރަމުންދާނެ ކަމަށް މިއަދުގެ މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިވެހި މުޖުތަމައުގެ ކިބައިން މި އެދެނީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް ލިބެންވާ ހައްގުތައް މި ކުދިންނަށް [ހަނގުރާމާ އިން އަންނަ ކުޑަކުދިންނަށް] ހޯދައި ދިނުމަށް. ދައުލަތުން ކުރާ މަސައްކަތައް އިތުބާރު ކުރައްވައި އެއްބާރުލުން ދިނުމަށް. އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެން މި އަނބުރާ ގެންނަ އެއްވެސް މީހެއްގެ ފުށުން ދިވެހި މުޖުތަމައަށް އެެއްވެސް ކަހަލަ ބިރުވެރިކަމެއް ނޯންނާނެ ކަން ކަށަވަރުކުރާނަން،" އިހުސާން ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެކި ގައުމުތަކުގައި ވެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަމަށާއި ގިނަ ގައުމުތަކުގައި އެކަން ކާމިޔާބުވެ، އަލުން މުޖުތަމައުގައި އުޅެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ސީރިއާ އިން މިއަދު ގެނައި 21 މީހުންގެ ސިއްހީ ބޮޑު ބައްޔެއް ނެތްކަން މެޑިކަލް އެސެސްމަންޓުން ކަށަވަރުވެ އެވެ. ދެން ކުރިއަށް ގެންދާނީ އެ މީހުން ތިބި ހާލަތު ދެނެގަންނަން ހަދާ ހާއްސަ އެސެސްމަންޓުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެސެސްމެންޓްތައް ހެދުމަށްފަހު ކޮންމެ މީހަކަށް ކުރިއަށް ގެންދަން ޖެހެނީ ކޮންކަހަލަ ރިހިބިލިޓޭޝަން ޕްރޮގްރާމް ތަކެއްތޯ ދަނެގަންނާނެ ކަމަށާއި އޭގެ ފަހުން ފަރުވާ ފަށައި، ހުރިހާ އެންމެނަށް ވެސް ފަރުވާދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން މިނިސްޓަރު ވިދާޅުވި އެވެ.
"އެކި މީހުން މީގެ ތެރެއަށް ވަދެވިފައި [ހަނގުރާމަ އަށް] އެކްސްޕޯސް ކުރެވިފައި، އެކި ޓްރޯމާ، އެކި ވައްތަރުވައްތަރުގެ ކަންކަން މި ހުންނަނީ. ސައިކޮލޮޖިކަލީ ކިހާވަރެއްގެ އިމްޕެކްޓެއްތޯ ކޮށްފައި ހުރީ. އެހެންވެ މި ހުރިހާ އެސްޕެކްޓަކުން ބަލާފައި އަޅުގަނޑުމެން އެ ހަދާ އެސެސްމެންޓުގެ ޒަރިއްޔާ އިން ދެނެގަންނާނީ ކޮން ޕްރޮގްރާމެއްތޯ،" އިހުސާން ވިދާޅުވި އެވެ.
އެ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ހޭދަވާނީ ކިހާ މުއްދަތެއްކަން އެނގޭނީ އެ ޕްރޮގްރާމް ފެށުމުން ކަމަށާއި އެކި މީހުން ރެސްޕޮންޑް ކުރާނީ އެކި ވަރަށް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ މީހުން މުޖުތަމައަށް ދޫކޮށްލާނީ ކުރީގެ ވިސްނުމަށް އަނބުރާ ނުދާނެ ވަރަށް ޔަގީން ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ގެނައި 21 މީހުންގެ ތެރޭގައި 15 ކުޑަކުދިން ހިމެނެ އެވެ. ދެން ތިބީ ފަސް އަންހެނުންނާއި އެއް ފިރިހެނެކެވެ.
މިނިސްޓަރު އިހުސާން ވަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމު ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އޮޅުވާލައިގެން ހަނގުރާމައަކަށް، ހަޔާތް މުސީބާތަކަށް!
ސީރިއާއިން ގެނައި މީހުން ސެންޓަރުގައި އިތުރު ހަ މަސް
ހަނގުރާމައިގައި ހާލުގައިޖެހުނު 21 ދިވެއްސަކު ގެނެސްފި
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
"މަރުގެ އަދަބު ވީހާވެސް އަވަހަށް ތަންފީޒުކުރާނަން"
ވޭޕާއި ދުންފަތުގެ ގާނޫނު ތަންފީޒުވާނެ: އިހުސާން
ސަލާންޖަހާ މީހުން ފަރުވާ އަށް ބަންދުކުރަނީ