Roadha Mihaaru
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް

އެމެރިކާގެ ޓެރަރިސްޓް ލިސްޓުގައި އަނެއްކާވެސް ހޫތީން ހިމަނަނީ

18 ޖެނުއަރީ 2024

އެމެރިކާއިން އަނެއްކާވެސް ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.

އެމެރިކާއިން އަނެއްކާވެސް ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.

މީގެ ކުރިން އެމެރިކާއިން އޮތީ ހޫތީންނަކީ "ފޮރިން ޓެރަރިސްޓް" އަދި "ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓް" ލިސްޓުގައި ވެސް ހިމަނައިފަ އެވެ. އެކަމަކު 2021 ވަނަ އަހަރު މި ދެ ލިސްޓުން ވެސް އުނިކުރީ އެވެ.

"އެމެރިކާއިން ހޫތީންނަކީ 'ސްޕެޝަލީ ޑެސިގްނޭޓެޑް ގްލޯބަލް ޓެރަރިސްޓް' އިން ކަމަށް ކަނޑައަޅާނަން." އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ޓެރަރިސްޓުންގެ ލިސްޓުގައި ހޫތީން ހިމެނުމުގެ ކުރިން 30 ދުވަސް ބަލާނެ ކަމަށާއި އޭގެ ކުރިން ހޫތީން އުޅަނދުތަކަށް ހަމަލާ ދިނުން ހުއްޓާލައިފި ނަމަ ނިންމުން ބާތިލްކުރެވިދާނެ ކަމަށެވެ.

ފޮރިން ޓެރަރިސްޓް އޮގަނައިޒޭޝަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެ ބަޔަކަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއްދޭ ބަޔަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު އޮންނާނެ އެވެ. ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓް ޖަމާއަތެއްގެ ދަރަޖަށް ދަށްވާނެ އެވެ. އެފަދަ ބަޔަކަށް އިންސާނީ އެހީ ދިނުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު އޮވެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމުގެ ބަދަލުގައި ހޫތީން ގެންދަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ރަތްކަނޑުގައި ހަމަލާ ދެމުންނެވެ. ހޫތީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފާނެ ކަމަށް ރިޕޯޓްކޮށްފައި މި ވަނީ ހޫތީންގެ ހަމަލާތައް މި ފަހުން އިތުރުކޮށްފައި ވަނިކޮށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން މިދިޔަ ހަފްތާގައި ޔަމަނުގެ ގާތްގަނޑަކަށް 30 ތަނަކަށް 150 އަށް ވުރެ ގިނަ ހަމަލާ ދިނުމަށް ފަހު އެމެރިކާ ސިފައިން ވަނީ ކުރީގެ ހަމަލާތަކާ ގުޅޭ "ފޮލޯއޮން އެކްޝަނެއް" ކަމަށް ބުނެ ހޫތީންގެ ރާޑަރު ސައިޓަކަށް ވެސް ހަމަލާދީފަ އެވެ. އެކަމަކު އޭގެ ފަހުން ހޫތީން އުޅަނދުތަކަށް ދޭ ހަަމަލާތައް ވަނީ އިތުރުކޮށްފަ އެވެ.

ހޫތީން ބުނި ގޮތުގައި ހަތަރު ވަނަ ފަހަރަށް، ރޭ ވެސް ޔަމަނަށް ވައިގެ މަގުން ވަނީ ހަމަލާތައް ދީފަ އެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ޓްރާންސިޓް ރޫޓް ކަމަށްވާ ރަތްކަނޑުގައި ހޫތީންގެ ނުރައްކާ ބޮޑުވުމުން އެމެރިކާއިން މިދިޔަ މަހު ވަނީ އެކި ގައުމުތައް ބައިބެރިވާ ނޭވަލް ޓާސްކް ފޯހެއް ވެސް އުފައްދައިފަ އެވެ. --އޭއެފްޕީ