ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލާފައި އޮންނަ ވަގުތު ރަތް ކަނޑުގައި އުޅަނދުތަކަށް ހަމަލާ ދިނުން ކޮންޓްރޯލްކުރާނެ ކަމަށް ޔަމަންގެ ހޫތީ ހަނގުރާމަވެރިން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލާފައި އޮންނަ ވަގުތު ރަތް ކަނޑުގައި އުޅަނދުތަކަށް ހަމަލާ ދިނުން ކޮންޓްރޯލްކުރާނެ ކަމަށް ޔަމަންގެ ހޫތީ ހަނގުރާމަވެރިން ބުނެފި އެވެ.
އިޒްރޭލުގެ ތާރީހުގައި ވެސް ހަމާސް ޖަމާއަތުން ދިން އެންމެ ނުރައްކާތެރި ހަމަލާއާ ގުޅުވައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ގެންދަނީ ރަތްކަނޑުން ދަތުރުކުރާ، އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. މިއީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅިގެން، ފަލަސްތީނާ އެއްބައިވުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށް ހޫތީން އަންނަނީ ބުނަމުންނެވެ.
"އަސްކަރީ އޮޕަރޭޝަންތައް އަމާޒުކުރާނީ ހަމައެކަނި އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށް ބައިނަލްއަގުވާމީ ޝިޕިން ކުންފުނިތަކަށް ވާނީ އަންގާފައި،" ހޫތީގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް ބުންޏެވެ.
ހޫތީން ވަނީ އިޒްރޭލަށް ވެސް މިސައިލް ހަމަލާތައް ފޮނުވައިފަ އެވެ.
ރަތް ކަނޑުއަދި ގަލްފް އޮފް އަދަންގައި ހަމަލާތައް އަމާޒުކުރި އުޅަނދުތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާ އަދި އިނގިރޭސިވިލާތާ ގުޅުން ހުރި ކަމަށް ހަނގުރާމަވެރިން ގަބޫލުކުރާ އުޅަނދުތައް ހިމެނެ އެވެ. އެ މީހުންގެ ކެމްޕެއިންގެ ސަބަބުން ވިޔަފާރީގެ މަގުތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާއިރު، އެމެރިކާ އާއި އެގައުމުގެ ބައިވެރިން ވަނީ ޔަމަނުގެ ހޫތީންގެ ސަރަހައްދުތަކަށް ވެސް ހަމަލާދީފަ އެވެ.
ހޫތީ އޮފިޝަލް ބުނީ އިޒްރޭލާއި ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ހުރިހާ މަރުހަލާއަކަށް އަމަލުކޮށް ނިމުމުން، އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ދޭ ހަމަލާތައް ވެސް ހުއްޓާލާނެ ކަމަށެވެ.
ގަތަރާއި އެމެރިކާއިން މިދިޔަ ހަފުތާގައި އިއުލާނުކުރި އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 ގައިދީންގެ ބަދަލުގައި އިޒްރޭލުގެ 33 ގައިދީން މިނިވަންކުރަން ޖެހެ އެވެ. އެއްބަސްވުމުގެ ދެވަނަ މަރުލަހާގައި ދާއިމީ ގޮތެއްގައި ހަމަލާތައް ނިމުމަކަށް ގެނައުމަށް މަޝްވަރާތައް ކުރިއަށް ގެންދަންޖެހެ އެވެ.
ތިންވަނަ އަދި އެންމެ ފަހު މަރުހަލާއަކީ ޣައްޒާ އަލުން އާރާސްތުކުރުމާއި، ރަހީނުންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ހަވާލުކުރުމެވެ.
މިދިޔަ އާދީއްތަ ދުވަހު ހޫތީން ވަނީ އެމެރިކާގެ އެއާކްރާފްޓް ކެރިއަރަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެމެރިކާއިން ބުނީ އެއީ ހޫތީން ފަތުރާ ދޮގު މައުލޫމާތެއް ކަމަށެވެ. -- އޭއެފްޕީ
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
ހޫތީން ހަމަލާދިން ކާގޯ ބޯޓަކުން ފަޅުވެރިން ފައިބައިފި
ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި
ބޯޓުތަކަކަށް އަނެއްކާވެސް ހަމަލާ ދީފިން: ހޫތީން
އިޒްރޭލަށް ދިޔަ ކާގޯ ބޯޓަކަށް ހޫތީން ހަމަލާދީފި
ރަތްކަނޑުގައި ހޫތީން ބޯޓަކަށް މިސައިލް ހަމަލާއެއް ދީފި
ހޫތީން ބުނަނީ ބޮން އެޅިޔަސް ހަމަލާތައް ނުހުއްޓާނެކަމަށް
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ރަތްކަނޑުގައި ހޫތީންގެ ޑްރޯންތައް ގިނަވެ ސަމާލުކަމަށް