Roadha Mihaaru
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަކީ ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަކީ ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަކީ ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

ކުރިން އެއީ ސިވިލް ސާވިސްގެ ތެރޭގައި ހިމެނޭ މަގާމު މިއަދުން ފެށިގެން ސިޔާސީ މަގާމަކަށް ހަމަޖެއްސެވިޔަސް، އެ މަގާމުގައި ހުންނެވި ބޭފުޅާ ބަދަލެއް ނުކުރައްވަ އެވެ.

މިހާތަނަށް ވެސް ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވީ މުހައްމަދު ޝަހުދީ، މ. ތަރިވިދާގެއާގެ އެވެ. އެކަމަަކު އޭނާ މިހާތަނަށް އެ މަގާމު ފުރުއްވީ ޑިރެކްޓަ ޖެނެރަލްގެ ފެންވަރުގައި ހުންނަވައިގެންނެވެ.

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކުރުމާ އެކު، ޝަހުދީ އެ މަގާމަށް ހަމަޖެއްސެވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގަ އެވެ.

ފޮރިން މިނިސްޓްރީގައި މިހާރު ވެސް ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 13 ބޭފުޅަކު ތިއްބަވަ އެވެ.