ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ ފޮރިން މިނިސްޓްރީގެ އިސް މަގާމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވައިފި އެވެ.
18 މާޗް 2019
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ ފޮރިން މިނިސްޓްރީގެ އިސް މަގާމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ލީޝާ ހަމަޖެއްސެވީ ފޮރިން މިނިސްޓްރީގެ ލީގަލް ކައުންސެލަށެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ ހަފުތާގަ އެވެ.
ލީޝާ އަކީ ގާނޫނީ ދާއިރާ އިން ކިޔަވައި ވިދާޅުވެފައިވާ އަދި ބައެއް މައްސަލަތަކުގައި ކޯޓުގައި ވަކާލާތު ކުރައްވާފައިވާ ބޭކަނބަލެއް ވެސް މެ އެވެ. އޭނާ ވަނީ އިންޓނޭޝަނަލް ރިލޭޝަންސް އެންޑް ޑިމޮކްރެޓިކް ޕޮލިޓިކްސް އިން މާސްޓާސް ހައްދަވައިފަ އެވެ.
މީގެ އިތުރުން ލީޝާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަމާއި ރައީސް އޮފީހުގެ ސީނިއާ ރިސާޗު އޮފިސަރުކަން ވެސް ކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީގައި މިހާރު ވެސް ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ހަ ބޭފުޅުން އެބަ ތިއްބެވެ.
މި ސަރުކާރުގައި މިހާރު ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި މަގާމުގައި ތިއްބެވި ބޭފުޅުން ހިމައިގެން 64 ޑެޕިއުޓީ މިނިސްޓަރަކު އެބަތިއްބެވި އެވެ. އޭގެ ތެރެއިން 10 ބޭފުޅަކު ތިއްބެވީ ރައީސް އޮފީހުގަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އަކާއި 12،500ރ. ގެ އެލަވަންސެކެވެ.
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ފިނޭންސްގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް
އެޑިއުކޭޝަންގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ
އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް ޝަފީގު އައްޔަންކޮށްފި
ހެލްތު މިނިސްޓްރީގެ ނައިބަށް ބޭފުޅަކު އައްޔަންކޮށްފި
ކުރީގެ ޑީސީޕީ ސައުދީއަށް ޔޫތު މިނިސްޓްރީގެ ނައިބުކަން