ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފްލެޓްތައް ބަހާލި މައްސަލާގައި އޭރު ފްލެޓް ކޮމެޓީގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
13 ފެބުރުއަރީ 2024
ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފްލެޓްތައް ބަހާލި މައްސަލާގައި އޭރު ފްލެޓް ކޮމެޓީގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
މިއަދުގެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެމްބަރުން ޔޫނުސް އަލީ ހުށަހެޅުއްވީ ކުރީ ސަރުކާރުގައި ފްލެޓް ކޮމެޓީގައި ތިއްބެވި ބޭފުޅުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ދެން ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިކުރުމަށެވެ.
އެ ހުރިހާ ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ބައްދަލުވުމަށް ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާޒިރުކޮށް، ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކާ ގުޅޭ ގޮތުން ހުރި މައްސަލަތައް އޮޅުންފިލުވައިފަ އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށް އުފެއްދި "ގެދޮރުވެރިންގެ ކޮމިޓީ"ގައި ފަސް ބޭފުޅަކު ތިއްބެވި އެވެ.
އެ ކޮމިޓީގެ ޗެއާމަނަކަށް ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޯ-ޗެއާމަނަކަށް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. އެ ކޮމިޓީގައި ދެން ތިއްބެވީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އަދި މުހައްމަދު އާރިފެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.
ތަހުގީގަށް އެންމެންގެ ފޯމު ބަލަންޖެހޭނެ: އަކްރަމް
ފްލެޓް ދޫކުރަން މިނިވަން ކޮމެޓީއެއް އެކުލަވާލަނީ
ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ
"އޭސީސީން ކުރަނީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް"
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
ގުޅިފަޅާއި ގިރާވަރުފަޅުގެ އެލްޔޫޕީ އަލުން ހަދައިފި
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"