Roadha Mihaaru
ދުބާއީ ފޯރަމް: ރާއްޖޭގެ ކުރިމަގާ ގުޅިފައި

ދުބާއީ ފޯރަމް: ރާއްޖޭގެ ކުރިމަގާ ގުޅިފައިވާ ބިޔަ މަޝްރޫއުތަކެއްގެ ދައުވަތު

14 ފެބުރުއަރީ 2024

މި ފޯރަމަށް ވަޑައިގެންނެވި ދުބާއީގެ އެއް ވިޔަފާރިވެރިޔާ ޝައުގުވެރި އެއް ވާހަކައެއް ވިދާޅުވި އެވެ؛ އޭނާ ވިދާޅުވީ އޭނާ އަށް ތެލުން ލިބޭ ފައިސާ ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓް ކުރާކަށް ބޭނުމެއް ނޫނެވެ.

އިސްމާއިލް ނަސީރު ދުބާއީން އިސްމާއިލް ނަސީރު

މި ފޯރަމަށް ވަޑައިގެންނެވި ދުބާއީގެ އެއް ވިޔަފާރިވެރިޔާ ޝައުގުވެރި އެއް ވާހަކައެއް ވިދާޅުވި އެވެ؛ އޭނާ ވިދާޅުވީ އޭނާ އަށް ތެލުން ލިބޭ ފައިސާ ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓް ކުރާކަށް ބޭނުމެއް ނޫނެވެ.

"ރާއްޖެ އިން އަބަދު ވެސް ފުރުސަތު މި ލިބެނީ ރިސޯޓްތައް ހަދަން،" އޭނާ ނޫސްވެރިން ކައިރީގައި ވިދާޅުވި އެވެ.

"އެކަމަކު މިހާރު އެކި ދާއިރާތަކުން ފުރުސަތު ފަހިވެއްޖެ. ސިއްހަތާއި މިހެން ގޮސް އެތައް ކަމެއް. އެހެންވެ މިއީ އަޅުގަނޑަށް ވަރަށް ޝައުގުވެރި ފޯރަމަކަށް ވެއްޖެ."

ދުބާއީގައި އިއްޔެ ބޭއްވި އިންވެސްޓްމަންޓް ފޯރަމް އަށް ރާއްޖެ އިން ދައުވަތު އެ ދިނީ ހަމައެކަނި ޓޫރިޒަމް ދާއިރާއަކަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލީ މި ސަރުކާރުގެ ވައުދުތަކާއި ރާއްޖޭގެ ކުރިމަގު ތަންފީޒު ކުރުމުގެ ފުރުސަތެވެ. ރައީސް ޑރ. މުހަންމަދު މުއިއްޒު ވިދާޅުވި ފަދައިން، މިއީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ލިބިގެން ނޫނީ ނުކުރެވޭ ވަރުގެ ބިޔަ ކަންތައްތަކެކެވެ.

ފޯރަމްގައި ރައީސް ޑރ. މުހަންމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ފޯރަމްގައި ރައީސް ޑރ. މުހަންމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖެ އިން އިއްޔެ ފޯރަމަށް ހުށަހެޅި ދައުވަތު ފައިލްގައި މުޅިންހެން ވެސް ހުރީ އުންމީދީ މަޝްރޫއުތަކެކެވެ. އޭގެ ތެރޭގައި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ދީގެން، އަދި ތަރައްގީގައި ބައިވެރިވެގެން ދެފަރާތަށް ވެސް ފައިދާ ހުރި ގޮތަކަށް ހިންގިދާނެ މަޝްރޫތައް ގިނަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލުން އިއްޔެ ފޯރަމްގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އޮތީ އިންވެސްޓަރުން ފަހި ފުރުސަތުތަކެއް ލިބޭ ކަހަލަ މާހައުލެކެވެ. އަދި ރާއްޖޭގައި ތަފާތު ދާއިރާތަކުން އިންވެސްޓް ކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ސަރުކާރުން ބުންޏެވެ.

ބޮޑެތި މުހިންމު މަޝްރޫއުތަކެއްގެ ދައުވަތު

ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ، އަދި އިގްތިސާދީ 18 ދާއިރާއެއްގެ މަޝްރޫއެއްގެ ދައުވަތު ވިޔަފާރިވެރިންނަށް އޮތީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއުތަކަކީ:

- ގިރާވަރު/ތިލަފުށި ލިންކް: ދެ ރަށް ގުޅާލާ ގާތްގަނޑަކަށް އެއް ކިލޯމީޓަރުގެ ބްރިޖް އެޅުމާއި އެ ދެ ރަށް ތަރައްގީ ކުރުމާއި މަގުތައް ހެދުމާއި ބަނދަރު ހެދުން.

- ކްރޮސް ސަބްސިޑީ އުސޫލުން ރަށްރަށުގައި ޓޫރިޒަމް ތަރައްގީކުރުން: ޓޫރިޒަމް ގާނޫނާއި ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން ޕްރައިވެޓް އައިލެންޑާއި ރިސޯޓް ހަދަން ރަށްރަށާއި ފަޅުތައް ދޫކުރުން.

- މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ: އިހަވަންދިއްޕޮޅުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ އެކިއެކި ކަންކަން.

ފޯރަމްގެ ބައެއް ބައިވެރިން

ފޯރަމްގެ ބައެއް ބައިވެރިން

- އެސްއީޒެޑް: އިންވެސްޓަރުންނަށް ވަރަށް ހާއްސަ އިނާޔަތްތަކާ އެކު ނުވަ ދާއިރާއަކުން އިންވެސްޓަރުން ބޭނުންވޭ.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފޭސް 3: މުޅިން އާ ބިޔަ އެއާޕޯޓެއް ހެދުމުގެ މަޝްރޫއުގެ ދައުވަތު

- ރަސްމާލެ: ފުށިދިއްގަރުގައި ތަރައްގީކުރާ "ރަސްމާލޭ"ގައި 65،000 ހައުސިން ޔުނިޓް ގާއިމްކުރުމާއި އެ ރަށުގެ މަގުތަކާއި އޮފީސް އިމާރާތްތަކާއި ވިޔަފާރީގެ މަރުކަޒުތައް ގާއިމްކުރުމާއި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމާއި މަގުތަކާއި ޕާކުތަކާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރުން.

- ބޯހިޔާވަހިކަމުގެ މަޝްރޫއު: ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 70،000 ހައުސިން ޔުނިޓް ގާއިމްކުރުން. އޭގެ ތެރޭގައި ރަސްމާލޭގައި 30،000، އެންމެ ދެކުނުގެ ހަތަރު އަތޮޅުގައި 20،000، އެންމެ އުތުރުގެ ތިން އަތޮޅުގައި 20،000 ހައުސިން ޔުނިޓް އެޅުން ހިމެނޭ.

- އެއާޕޯޓް އެޅުން: ކުރިއަށް އޮތް 2-3 އަހަރުގެ ތެރޭގައި 15 ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުން.

- މާލޭ ކޮމާޝަލް ޕޯޓް: ތިލަފުށީގައި ޕޯޓް ގާއިމް ކުރުމާއި ބައިނަލް އަގުވާމީ ފެންވަރުގެ ވަސީލަތްތައް ގާއިމް ކުރުން.

- ހައިއެންޑް ރިސޯޓަކާ އެކު ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލިޓީ ސްކޫލެއް ގާއިމްކުރުން: ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ނުވަތަ ޕީޕީޕީ މޮޑެލްގެ ދަށުން

- ތިނަދޫ/ ކާޑެއްދޫ ލިންކް ޕްރޮޖެކްޓް: ގދ. ތިނަދު އާއި ކާޑެއްދޫ ގުޅާލުމަށް 3.3 ކިލޯ މީޓަރުގެ މަގެއް ހެދުން.