ދިވެހި ސާފް ލީގު ނަމުގައި ކުރިއަށްދާ ރާޅާއެޅުމުގެ ގައުމީ ލީގުގެ ފުރަތަމަ މުބާރާތް ކަލަށްވާ "ކަޅެގަލެކޮޑާ"، އިއްޔެ ގދ. ގައްދޫގައި ފަށައިފި އެވެ.
ދިވެހި ސާފް ލީގު ނަމުގައި ކުރިއަށްދާ ރާޅާއެޅުމުގެ ގައުމީ ލީގުގެ ފުރަތަމަ މުބާރާތް ކަލަށްވާ "ކަޅެގަލެކޮޑާ"، އިއްޔެ ގދ. ގައްދޫގައި ފަށައިފި އެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގެ މެންސް އޯޕަން ޑިވިޝަންގައި 31 ރާޅާއެޅުންތެރިން ބައިވެރި ވެފައި ވާއިރު، ފިރިހެން ޖޫނިއާ 18 އަހަރުން ދަށުގެ ކެޓެގަރީގައި ނުވަ ރާޅާއެޅުންތެރިން ވާދަ ކުރެ އެވެ.
އެންމެ ފަހުގެ ލީގު ޗެމްޕިއަން، ލެޖެންޑް ހުސެއިން އަރީފް (އިބޫ) ވަނީ ވާދަވެރިކޮށް ރާޅާއެޅުން ހުއްޓާލައިފަ އެވެ. އަދި ދާދި ފަހުން ވަނީ ރާއްޖޭގެ ގައުމީ ސާފިން ޓީމުތަކުގެ ހެޑް ކޯޗުގެ މަގާމާ ހަވާލު ވެފަ އެވެ.
މީގެ އިތުރުން އެމްއެސްއޭ އިން އެންމެ ފުރަތަމަ ބޭއްވި 2022 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި އަހުމަދު އާގިލް (އަންމަޑޭ) ވެސް މި މުބާރާތުގައި ވާދަ ނުކުރާނެ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ އެވެ. މިއަހަރު މި ކުރިއަށް ދަނީ ތިންވަނަ ދިވެހި ސާފް ލީގެވެ،
މިއާ އެކު މި މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައި ވަނީ އެންމެ ފަހުން ކަޅެގަލެކޮޑާގެ ޗެމްޕިއަންކަން ހޯދި ނަޖާހު މުހައްމަދު (ކަބޯ) އެވެ. އިއްޔެ ކުރިއަށް ގެންދިޔަ ފުރަތަމަ ހީޓުގައި އޭނާ ފުރަތަމަ ވެސް އަޅާލީ ހަތް ޕޮއިންޓްގެ ރާޅެކެވެ. ހީޓް ނިންމާލީ ޖުމްލަ 15.17 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ އަށް ދިޔައީ 9.33 ޕޮއިންޓް ހޯދި ސައްޔިދު ސަލާހުއްދީނެވެ.
ދެވަނަ ހީޓު ނެގީ 10.80 ޕޮއިންޓް ހޯދި އަހުމަދު ރަޝީދެވެ. ދެވަނައިގައި ނިންމީ މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަން ހޯދި ކަޔާން އަބްދުﷲ އަރީފް އެވެ. އޭނާ ވަނީ ޖުމްލަ 10.77 ޕޮއިންޓް ހޯދައިފަ އެވެ. ކަޔާންގެ ފަހަތުން ހީޓްގެ ތިންވަނައިގައި ނިންމީ އޭނާގެ ބައްޕަ އަބްދުﷲ އަރީފް (ފުކޫ) އެވެ.
ޖުމްލަ އަށް ހީޓު ފުރަތަމަ ބުރުގައި ކުރިއަށް ގެންދިޔައިރު، ހިންމެ ހީޓަކުން އެއްވަނަ އަދި ދެވަނަ ހޯދި އެތުލީޓުން ވަނީ ސީދާ ތިންވަނަ ބުރަށް ހޮވިފަ އެވެ. ބާކީ ތިބި އެތުލީޓުން ދެވަނަ ބުރުގައި ވާދަ ކުރާނެ އެވެ.
ތިންވަނަ ހީޓުން، މުބާރާތުގެ ތިންވަނަ ބުރަށް ހޮވުނީ އިސްމާއިލް މިގްލާލް (ކުޑައިއްސެ) އާއި ސަބާހު މުހައްމަދެވެ. ހަތަރުވަނަ ހީޓުން ހަސަން ނާސިހު (ޗިކާ) އާއި މުހައްމަދު އިނާން އަބްދުލް ހަންނާން ހޮވުނުއިރު، ފަސްވަނަ ހީޓުން ހޮވުނީ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ޖީހާން އަހުމަދު (ޖީއްކޮ) އެވެ. ހަވަނަ ހީޓުގައި ކާމިޔާބު ހޯދީ އަހުމަދު ސައިފް އާއި ޖައިލަމް ނިޒާރެވެ.
ހަތްވަނަ ހީޓުގައި އެންމެ ކުރި ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. އަދި ދެވަނައަށް ދިޔައީ އިބްރާހިމް އައިމަން އާރިފް އެވެ. ފަހު ހީޓުން ކާމިޔާބު ހޯދީ ހޫދު އަހުމަދު (ހޫބްޒް) އާއި ޖިނާން އަހުމަދު (ޖިނޫ) އެވެ.
ކަޅެގަލެކޮޑާ މުބާރާތުގެ އިއްޔެގެ ހީޓެއްގައި ބައިވެރިއަކު ރާޅާއަޅަނި.-- ފޮޓޯ: އެމްއެސްއޭ
ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި ތިން ހީޓެއް ކުރިއަށް ދިޔަ އެވެ. ފުރަތަމަ ހީޓުގައި ކަޔާން އަބްދުﷲ އަރީފް 10.93 ޕޮއިންޓް ހޯދި އިރު، ދެވަނައަށް ދިޔަ ނޫހް މުހައްމަދު ދުނެއިމް އިރުޝާދު ވަނީ 7.83 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ޖޫނިއާ ދެވަނަ ހީޓުގައި އެއްވަނަ ހޯދީ 12.17 ޕޮއިންޓް ހޯދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ދެވަނަ ހޯދީ ސައްޔިދު ސަލާހުއްދީން ފަހަތަށް ޖައްސާލައި 7.90 ޕޮއިންޓް ހޯދި އަހުމަދު ލުޒެއިން އެވެ. ތިންވަނަ ހީޓުގެ އެއްވަނަ ހޯދި މުހައްމަދު އިނާން 12.67 ޕޮއިންޓް ހޯދި އިރު، ދެވަނައަށް ދިޔަ ޔަސީން އަހުމަދު ނާޝިދު ވަނީ 12.17 ޕޮއިންޓް ހޯދައިފަ އެވެ.
ފުރަތަމަ ބުރުގެ ހީޓްތަކުން އެއްވަނަ އަދި ދެވަނައަށް ނުދާ ތިން އެތުލީޓުން ވަނީ ދެވަނަ ބުރުގެ ހީޓުގައި ވާދަ ކޮށްފަ އެވެ. މި ހީޓުގެ އެއްވަނަ ހޯދީ 12.33 ޕޮއިންޓް ސްކޯ ކުރި ސައްޔިދެވެ. އަދި ދެވަނައަށް ދިޔަ އަހުމަދު ޒަޔާން ވަނީ 10.83 ޕޮއިންޓް ހޯދައިފަ އެވެ.
- ހީޓް 1: ކަޔާން އަބްދުﷲ، އަހުމަދު ޒަޔާން
- ހީޓް 2: ނޫހް މުހައްމަދު ، އަހުމަދު ލުޒެއިން
- ހީޓް 3: ޔޫސުފް ކަޔާން، ޔަސީން އަހުމަދު
- ހީޓް 4: މުހައްމަދު އިނާން، ސައްޔިދު ސަލާހުއްދީން
ދިވެހި ސާފް ލީގު ލ. މާބައިދޫ "މެޝިން"ގައި
މިއަހަރުގެ ކަޅެގަލެކޮޑާ މުބާރާތް ކެންސަލް
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
14 އަހަރުގެ ކަޔާން ސީނިއާ ސާފަރުން ސިއްސުވާލައިފި
އިނާން: މުލީގެ އާ ޖޫނިއާ ޗެމްޕިއަން
ސްމައިލީ މުލީގައި ޗެމްޕިއަންކަން ހޯދައިފި
ހިންމަފުށީގެ ބަދަލުގައި މުބާރާތް އޮންނާނީ ތުލުސްދޫގައި
"ކަޅެގަލެކޮޑާ" މުބާރާތުން އެއްވަނަ ކަބޯ އާއި ކައިޕުޓީ