19 ފެބުރުއަރީ 2024
އިންޑިއާނޯޕޮލިސް (ފެބްރުއަރީ 19) - ކެރިއާ ނިންމާލުމުގެ ވަގުތު ކުޑަތަންވަމުން އަންނަކަމަށް، ބާސްކެޓްބޯޅަ ލެޖެންޑް ލެބްރޯން ޖޭމްސް ބުނެފި އެވެ.
އިންޑިއާނޯޕޮލިސް (ފެބްރުއަރީ 19) - ކެރިއާ ނިންމާލުމުގެ ވަގުތު ކުޑަތަންވަމުން އަންނަކަމަށް، ބާސްކެޓްބޯޅަ ލެޖެންޑް ލެބްރޯން ޖޭމްސް ބުނެފި އެވެ.
ބާސްކެޓްބޯޅައިގައި ދުނިޔޭގެ އެންމެ ވަރުގަދަ މުބާރާތް، އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯޅަ ލީގު އެންބީއޭގެ ތާރީހުގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރުމުގެ ރެކޯޑް އޮންނަ ޖޭމްސް ބުނީ އޭނާ ދެން ކުޅޭނީ ކިތަށް ސީޒަނުގައި ކަމެއް ބުނަން ނޭނގޭ ކަމަށެވެ.
"ނަމަވެސް އަހަންނަށް އެނގޭ، އަހަރެންގެ ކެރިއާ ނިމުމާ ކައިރިވަމުން އަންނަކަން،" އުމުރުން 39 އަހަރުގެ ޖޭމްސް ބުންޏެވެ.
ލޮސް އެންޖެލިސް ލޭކާސްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 51.4 މިލިއަން ޑޮލަރުގެ އޮޕްޝަނެއް އޮތް ޖޭމްސް މީގެ ކުރިން ބުނެފައި ވަނީ އޭނާގެ ދަރިފުޅު ބްރޮނިއާ އެކު އެއް ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށެވެ. އެންބީއޭ ޑްރާފްޓް ސީޒަނުގައި ބްރޮނިއާ މި އަހަރު ކުޅޭނެ އެވެ.
ޖޭމްސް އެވްރެޖްކޮށް މެޗަކަށް 24.8 ޕޮއިންޓް ސްކޯ ކުރެ އެވެ. އެކަމަކު ނިމިދިޔަ ސީޒަނުގައި އޭނާ ސްކޯކުރާ ނިސްބަތް ވަނީ، މެޗަކަށް 7.2 އަށް ދަށް ވެއްފަ އެވެ. އަދި އެސިސްޓްގެ އަދަދު އުޅެނީ މެޗަކަށް 7.8 ގަ އެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ޖާދޫވީ ކުޅުމަށް ފަހު އޭނާ އެންމެ ދަށްކޮށް ފެނުނު ފަހަރެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ލޭކާސްގެ އެންމެ ފަހު މެޗުގައި މިދިޔަ ބުދަ ދުވަހު އޭނާ އަށް ނުކުޅެވުނެވެ.
އެކަމަކު އިއްޔެ ކުޅުނު އޯލް ސްޓާ ގޭމްގައި އޭނާ ކުޅެފައި ވެއެވެ. އޭނާ ކުޅުނު ވެސްޓް ޓީމު، އީސްޓް އަތުން ބަލިވީ 211-186 ންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އޭނާ ކުޅުނީ 14 މިނެޓެވެ. އަށް ޕޮއިންޓް ސްކޯ ކުރި އެވެ. ދެވަނަ ހާފުގެ އެއްވެސް ކުއާޓާއެއްގައި ކުޅެފައެއް ނުވެ އެވެ.
ކަރީމްގެ ރެކޯޑް މުގުރާލައި ލެބްރަން އެންމެ އުހަށް
ގައުމީ މުބާރާތް ވެސް ޓީރެކްސް އާއި ކުއީންސް އަށް
ފައިނަލްގައި ޓީރެކްސް-ކިންގްސް އަދި ކުއީންސް-އެލީޓް
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ހުރިހާ މެޗެއް ކާމިޔާބުކޮށް ޗެމްޕިއަންކަން ކުއީންސް އަށް
ބާސްކެޓްބޯޅަ ސީޒަން ފަށަން މިރޭ ހާއްސަ މެޗެއް
ޗެމްޕިއަނަކީ ޓަލޮންސް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް
ފައިވް ނޭޝަން މުބާރާތުގެ ޗެމްޕިއަންކަން ބޫޓާނަށް
ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުން ރާއްޖެ ކަޓައިފި