Roadha Mihaaru
ބާސްކެޓްބޯޅަ ސީޒަން ފަށަން މިރޭ ހާއްސަ މެޗެއް

ބާސްކެޓްބޯޅަ ސީޒަން ފަށަން މިރޭ ހާއްސަ މެޗެއް

15 ޖެނުއަރީ 2024

މިއަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ހާއްސަ މެޗެއް ކުޅޭގޮތަށް އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

މިއަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ހާއްސަ މެޗެއް ކުޅޭގޮތަށް އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެއްވަނަ ޑިވިޝަން ބުދަ ދުވަހު ފަށަން ހަމަޖެހިފައި ވާއިރު، ސީޒަން ފެށުމުގެ ގޮތުން ހާއްސަ މެޗު ކުޅޭނީ އެއްވަނަ ޑިވިޝަންގެ ފިރިހެން ޓީމުތަކުގެ ކުޅުންތެރިން ހިމަނައިގެންނެވެ.

އެއްވަނަ ޑިވިޝަންގައި ވާދަކުރާ ފިރިހެން ޓީމުތަކަކީ ޓީރެކްސް، ސްޓިންގާސް، ކިންގްސް، ރޯޔަލްސް، ރެޑްވިންގްސް އަދި ރެޕްޓާސް އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ 8:30 ގައި ކުޅޭ މެޗުގައި މި ހަ ޓީމު ވަނީ ދެ ބަޔަކަށް ބަހާލައިފަ އެވެ. ޓީމް އޭގައި ހިމެނެނީ ސްޓިންގާސް އާއި ކިންގްސް އަދި ރެޑްވިންގްސްގެ ކުޅުންތެރިންނެވެ. ޓީމް ބީގައި ހިމެނެނީ ރެޕްޓާސް އާއި ޓީރެކްސް އަދި ރޯޔަލްސްގެ ކުޅުންތެރިންނެވެ.

ބުދަ ދުވަހު ފިރިހެން ޑިވިޝަންގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވާއިރު، އަންހެން ޑިވިޝަން ފަށާނީ ބުރާސްފަތި ދުވަހު އެވެ.

އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ، ކުއީންސް، އެލީޓް، ސައިކްލޯން އަދި ލަޔަނެސް އެވެ.