ހއ. ވަށަފަރަށް މިހާރު ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް މި އަހަރުގެ ތެރޭގައި މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2024
ހއ. ވަށަފަރަށް މިހާރު ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް މި އަހަރުގެ ތެރޭގައި މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑުތިލަދުންމައްޗަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ވަށަފަރަށް ވަޑައިގަތީ މިއަދު މެންދުރެވެ. މި ރަށަކީ އެމަނިކުފާނުގެ ބައްޕާފުޅު ޝޭހް ހުސައިން އަބްދުއްރަހްމާންގެ އުފަން ރަށެވެ.
ވެރިކަމުގެ ހުވާކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ރައީސް މި ރަށަށް ވަޑައިގަތުމުން، ރައްޔިތުން ނުކުމެ އެމަނިކުފާނަށް ރަތް ދޫލައިގެ މަރުހަބާއެއް ކި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ވަށަފަރުން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުޑަ ރަށެއް، ބޮޑުރަށެއް ތަފާތު ނުކުރައްވާނެ ކަމަށެވެ. އެ ސިޔާސަތުގެ ދަށުން 500 އެއްހާ މީހުން ދިރިއުޅޭ ވަށަފަރަށް ބޭނުންވާ ކަންކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަށުގެ ބިން ހިއްކުމަކީ ރިޔާސީ ކެމްޕެއިންގައި ވެސް ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި، މި އަހަރަށް ބަޖެޓުކޮށްފައި އޮތް މި މަޝްރޫއުގެ މަސައްކަތް ދައުލަތަށް އާމްދަނީ އިތުރުވާ މިންވަރަކުން އަވަަސްކޮށްދެއްވާނެ އެވެ.
"ވަކިން ހާއްސަކޮށް ބިން ހިއްކުމުގެ މަޝްރޫއު އިރާދަކުރެއްވިއްޔާމުން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ވަށަފަރުން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ޖަލްސާގައި ވަށަފަރު ކައުންސިލްގެ ރައީސް އަހްމަދު މުއީން ވިދާޅުވި ގޮތުގައި، މި ރަށުން 24 ގޯއްޗަށް ކުރިމަތިލުމަށް މިފަހުން ހުޅުވާލި ފުރުސަތުގައި 150 އަށް ވުރެ ގިނަ ފޯމު ވަނީ ލިބިފަ އެވެ.
ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް ހަލުވިކޮށްފި
މާލޭގައި އުޅޭ އެންމެނަށް 15،000 ގޯތި ދެނީ
މާލެ ސަރަހައްދުގައި ބިން ހިއްކުން ހަލުވި ކުރަނީ
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
ރަސްމާލެ ހިއްކުން ހަލުވިކުރަން ބޮޑު ޑްރެޖަރެއް ގެންނަނީ
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ރަސްމާލެ އިން 25،000 ގޯތި ދޫކުރާނެ: ރައީސް