Roadha Mihaaru
ކާރު އެމްވީއިން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް

ކާރު އެމްވީއިން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް

04 މާޗް 2024

ކާރު އެމްވީއިން ގެންނަ އުޅަނދުތަކުން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކާރު އެމްވީއިން ގެންނަ އުޅަނދުތަކުން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކާރު އެމްވީއިން ބުނި ގޮތުގައި އެ ތަނުން ގެންނަ ކާރާއި ޕިކަޕު އަދި ހެވީވެހިކަލްތަކުން ވެސް މި ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭނެ އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގައި 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަކަކަށް ވެހިކަލްތަކުން ޑިސްކައުންޓް ލިބޭނެ އެވެ.

ކާރު އެމްވީއިން ވިއްކާ ކާރުތައް ހިމެނޭ ޕޯސްޓެއް.

ކާރު އެމްވީ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާރު ވިއްކާ ބައެކެވެ. ކާ އެމްވީއިން ދެ ސީޓް އަދި 4 ސީޓްގެ ކާރު ވެސް ގެނެ އެވެ. ކާރު އެމްވީއިން ބުނި ގޮތުގައި އެ ތަނުން ވިއްކާ އިލެކްޓްރިކް ކާރަކީ ގިނަ ބައެއްގެ މަގުބޫލުކަން މިހާރު ލިބެމުންދާ ކާރަކެވެ. ތިމާވެއްޓާއި ރައްޓެހި މި ކާރަކީ ހަތް ގަޑިއިރު ޗާޖުކުރުމުން މަދުވެގެން ދެ ހަފްތާވަންދެން ދުއްވޭ ކާރެކެވެ.

ކާރު އެމްވީއިން މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭނުން ވައްތަރެއްގެ ކާރަކަށް އޯޑަރު ދެވޭނެ އެވެ. ކާރަށް އޯޑަރު ދިނުމަށް ދައްކަން ޖެހޭނީ ހާފް ޕޭމަންޓެވެ. ކާރު ލިބުމުން ބާކީ ބައި ދެއްކޭނެ އެވެ. ކާރަށް އޯޑަރު ދޭތާ 45 ދުވަހުގެ ތެރޭގައި ކަސްޓަމަރަށް ކާރު ލިބޭނެ އެވެ. ކާ އެމްވީއިން ކާރު ކަސްޓަމަރާ ހަވާލުކުރާނީ ރަޖިސްޓްރީކުރުމަށް ފަހު އެވެ.

ކާ އެމްވީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އެ ތަނުން ވިއްކާ ކާރާއި އެކި އުޅަނދުތަކުގެ މައުލޫމާތު ލިބޭނެ އެވެ.