Roadha Mihaaru
އެއާ އެމްބިއުލާންސް ސަލާމަތީ ގޮތުން ރައްކާތެރިވާނެ

އެއާ އެމްބިއުލާންސް ތައްޔާރުކުރީ މެޑިކަލް އިކުއިޕްމެންޓް ހަރުކޮށްގެން، ސަލާމަތީ ގޮތުން ރައްކާތެރިވާނެ: މޯލްޑިވިއަން

01 މާޗް 2024

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ބޭނުންކުރަން ފެށި އެއާ އެމްބިއުލާންސްގައި ވާނީ މެޑިކަލް ސާމާނު ހަރުކޮށްފައި ކަމަށާއި އެ ބޯޓު ސަލާމަތީ ގޮތުން ވެސް ރައްކާތެރިވާނެ ކަމަށް މޯލްޑިވިއަން އެއާލައިނުން ބުނެފި އެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ބޭނުންކުރަން ފެށި އެއާ އެމްބިއުލާންސްގައި ވާނީ މެޑިކަލް ސާމާނު ހަރުކޮށްފައި ކަމަށާއި އެ ބޯޓު ސަލާމަތީ ގޮތުން ވެސް ރައްކާތެރިވާނެ ކަމަށް މޯލްޑިވިއަން އެއާލައިނުން ބުނެފި އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލިމީހާ އަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.

އެއީ 2016 ވަނަ އަހަރު ރާއްޖެ އެތެރެކޮށްފައިވާ ޑޭޝް8 މަރުކާގެ ބޯޓެކެވެ.

އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް އޭގެ އެތެރެއަށް ބޮޑު ބަދަލެއް ގެނެސް އެ އުޅަނދު ބޭނުންކުރަން ފެށިޔަސް އެއީ ދުވަސްވެފައިވާ ބޯޓެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަނުން އެއާލައިނުން ބުނީ، އެއާ އެންބިއުލާންސަށް ބަދަލުކުރުމަށް ބޯޓަށް ބަދަލު ގެނައުމުގެ ކުރިން އެއީ ޝެޑިއުލް ދަތުރުތައް ކުރަމުން އައި ބޯޓެއް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ބޭނުންކުރަން ފެށި އެއާ އެމްބިއުލާންގެ މެޑިކަލް ސްޓާފުން ފޮޓޯއަކަށް ހުއްޓިގެން.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ބޭނުންކުރަން ފެށި އެއާ އެމްބިއުލާންގެ މެޑިކަލް ސްޓާފުން ފޮޓޯއަކަށް ހުއްޓިގެން.

"އެއާ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރުކުރެވިފައިވަނީ އެމަޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް، މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށް ގެންނެވެ. މި ކުންފުނިން މަތިންދާބޯޓު ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަން ދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމާތާއި ރައްކާތެރިކަމަށް ކަން ޔަގީންކޮށް އަރުވަމެވެ،" އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ބުންޏެވެ.

އެއާ އެންބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށާއި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާ އެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުންޏެވެ.

އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އަދި އެ މަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ވެސް މެ އެވެ.