މަތީ ތައުލީމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުލިބި ހުރި ފައިސާ ދައްކަން ދަރިވަރުންނަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އިލްތިމާސް ކުރައްވައިފި އެވެ.
05 މާޗް 2024
މަތީ ތައުލީމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުލިބި ހުރި ފައިސާ ދައްކަން ދަރިވަރުންނަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އިލްތިމާސް ކުރައްވައިފި އެވެ.
ކުރީ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ލޯނު ދޫކުރި އަދަދު 10،000 އިން މަތީގައި ހުރިއިރު އޭގެ ތެރެއިން ގަވައިދުން ލޯނު ދައްކަނީ އެންމެ 10 ޕަސެންޓް ދަރިވަރުންނެވެ.
އޭރުގެ މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން ވަނީ ލޯނު ނުދައްކާ ދަރިވަރުންގެ ފައިސާ އަނބުރާ ހޯދަން ކޯޓަށް ދާން ޖެހިއްޖެ ނަމަ ދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފައިސާ ހޯދަން މި ސަރުކާރުން މަސައްކަތް ކުރާނެތޯ "މިހާރު"ން އެހުމުން މިނިސްޓަރު ވިދާޅުވީ އެ ފައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ފައިސާ އަނބުރާ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކިޔަވާ ނިންމައި އެ ކުދިން ވަޒީފާ އަށް ނިކުމެ، ޒިންމާދާރުކަމާ އެކީ ފައިސާ ދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން މި ދެނީ އެ ކުދިންނަށް އެހީއެއް. އެ ކުދިންގެ ޒިންމާއެއް އެއް، ރެސްޕޮންސިބިލިޓީ ނަގަން ދަސްކޮށްދޭން އަޅުގަނޑުމެން ބޭނުންވަނީ. ހަރުކަށި ވާކަށް ބޭނުމެއް ނޫން. ނަމަވެސް އެ ކުދިންނަށް ނަސޭހަތްތެރިވެ އަންގާލަދޭން ބޭނުންވަނީ އެއީ އެ ކުދިންގެ ޒިންމާއެއްކަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްޓޫޑެންޓް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ ރިވޯލްވިން ފަންޑެއްގެ ތެރެއިން ކަމަށެވެ.
"ނަމަވެސް އެ ފަންޑުގެ ބޭނުން އަޅުގަނޑުމެންނަށް ނުފެށިފައި މި އޮތީ ރިޕޭމެންޓްގައި ހުރި ބައެއް ކަންކަމުން،" ޝާފިއު ވިދާޅުވި އެވެ.
ލޯނު ނުދައްކާ ދަރިވަރުން ތިބިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ގަވައިދުން ފައިސާ ދައްކާ ކުދިން ވެސް ތިބި ކަމަށެވެ. ސްޓޫޑެންޓް ލޯނަށް ދޫކުރާ ފައިސާ ހޯދަން އުނދަގޫ ވަނީ ކިޔަވައި ނިންމާ ކުދިން ތިބީ ވަޒީފާއެއްގައިތޯ ބެލުން ފަދަ ކަންކަން ނުކުރެވޭތީ ކަމަށް ޝާފިއު ވިދާޅުވި އެވެ.
ވިލާ ކޮޖެލުގެ ދަސްވެނިވުމުގެ ހަފުލާއެއް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެގޮތުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކުދިންނާ ގުޅޭ ރަނގަޅު މައުލޫމާތު އެއްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވީހާ ވެސް ބޮޑަކަށް ކުދިންގެ މައުލޫމާތު އަޅުގަނޑުމެންނަށް ބެލެހެއްޓޭނެ ނިޒާމެއް ރަނގަޅަށް ގާއިމް ކުރެވިފައި ވުން. ބައެއްގެ އަތުން ކޯޓަށް ގޮސްގެން ވެސް އެއްޗެއް ހޯދާ ކަމަށް ވަންޏާ، އެންމެ މުހިންމު ކަމަކީ އެންމެންނަށް ވެސް އެއްގޮތަކަށް ކަން ކުރުން. އެހެން ނޫނީ އެއް ކުއްޖެއްގެ ފަހަތުން ގޮސް އަނެއް ކުއްޖެއްގެ ފަހަތަކުން ނުދެވޭނެ،" ޝާފިއު ވިދާޅުވި އެވެ.
ރިވޯލްވިން ފަނޑަށް ފައިސާ ހޯދަން މަސައްކަތް ކުރައްވާނެކަން ފާހަގަ ކުރައްވައި، ޝާފިއު ވިދާޅުވީ އެހެން ނޫންނަމަ އަބަދުވެސް ޖެހޭނީ ބަޖެޓުން ފައިސާ ލައިގެން ލޯނު ދޫކުރަން ކަމަށެވެ.
އޮޑިޓަ ޖެނެރަލް އެކުލަވާލައި، ކޮންމެ އަހަރަކު ނެރޭ ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވެ އެވެ. ދަރިވަރުންނަށް ލޯނު ދޫކޮށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން އެނގެ އެވެ.
ދަރިވަރުންގެ ލޯނުގެ ބެކްލޮގް ހުސްކޮށްފިން: މިނިސްޓަރު
ޖަވާބު ދިނުން ލަސްވީ ދަރިވަރުން ގިނަވުމުން: މިނިސްޓަރު
މަތީ ތައުލީމްގައި ފިރިހެންކުދިން މަދުވާތީ ކަންބޮޑުވުން!
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޕައިލެޓްކަން ކިޔަވަން ބޭނުންވަނީ ބޭރުގެ ވަޒީފާއަށް ދާން
"ހިލޭ ޑިގްރީ ރަނގަޅު، އެކަމަކު ބަދަލުތަކެއް ބޭނުން"
މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް
މިނިސްޓްރީގައި ވޮލަންޓިއާކޮށް މަސައްކަތް ކުރަން ފުރުސަތު
"ޔުނިވާސިޓީއަކަށް ބަދަލުކުރުމުގައި ބަލަންވީ ކޮލިޓީއަށް"
ހައި އެޗީވާސް ސްކޮލަޝިޕް 117 ދަރިވަރަކަށް