މާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމަށް ފަހު، ބެހެއްޓުމަށް ހުޅުމާލެއިން ދެ ބިމެއް ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
06 މާޗް 2024
މާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމަށް ފަހު، ބެހެއްޓުމަށް ހުޅުމާލެއިން ދެ ބިމެއް ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި މާލޭ އޭރިޔާގެ ޕޮލިސް ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ހުޅުމާލެއިން ދެ ބިމެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޓޯޔާޑެއްގެ ގޮތުގައި ބޭނުންކުރަން ލިބިފައިވާ ކަމަށެވެ.
އެހެންވެ، ނުގަވާއިދުން ޕާކުކުރާ އުޅަނދުތައް ގެންދާނީ އެ ސަރަހައްދަށް ކަމަށާއި ވެހިކަލްތައް ނެގުމުގެ ކުރިން އެ އުޅަނދުތައް ގަވާއިދުގެ ދަށުން ޕާކުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.
"މިހާރު ވެސް ފުރުސަތު ދެން އަޅުގަނޑުމެން ވެހިކަލްތައް ނެގުމުގެ ކުރިން ގަވާއިދާ އެއްގޮތަށް ވެހިކަލްތައް ބަދަލުކުރަން،" ސަމީރު ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ހުރި ސައިކަލުތައް ނެގުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު މިހާތަނަށް 100 އަށް ވުރެ ގިނަ ސައިކަލު ނަގައި ޓޯކޮށްފައިވެ އެވެ.
"ހަމަ ގައިމު ވެސް ހަތް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ނުދުއްވާ ހުރި ސައިކަލުތައް ވާނީ ނެގިފައި. އެ ޕްރޮގްރާމު ރޯދަ މަހު ވެސް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ފުލުހުން ވަނީ ސައިކަލުތައް ޓޯކުރަން ފަށާފައި..
އެ މަސައްކަތުގެ ދަށުން މާލޭގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ހުރި ހަތަރު ފުރޮޅުލީ ވެހިކަލްތައް ވެސް ނަގަން މާދަމާ ފަށާނެ އެވެ.
ސަމީރު ވިދާޅުވީ މާދަމާ އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ހުންނަ އުޅަނދުތައް ނަގަން ފަށާނެ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި މަޖީދީ މަގާއި އޯކިޑު މަގުގެ އިތުރުން ސްކޫލުތަކާއި އޮފީސް އަދި މިސްކިތްތައް ހިމެނޭ ސަރަހައްދުތައް ހިމެނޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އެހެންވީމަ ފުލުހުންނާއި ކުންފުނިތައް ގުޅިގެން މި މަސައްކަތް ކުރަނީ. އަމީނީ މަގަކީ ޕާކުކުރުން މަނާ މަގެއް. މަޖީދީ މަގުގައި ވެސް އެއްގޮތަކަށް ޕާކުނުކުރެވޭނެ މަގެއް. އޯކިޑު މަގުގެ ވަކި ފަޅިއެއް މަނާވާނެ ޕާކުކުރަން. މީގެ ކުރިން ބަސް ދުއްވަން ފެށިއިރުގައި މާލޭގެ މަގުތައް އޮތްގޮތަށް ބޭއްވުމަށް އެބަ މަސައްކަތް ކުރަން،" ސަމީރު ވިދާޅުވި އެވެ.
ހިތުހުރި ގޮތަކަށް މާލޭގައި ޕާކުކުރަމުން އަންނައިރު ސަމީރު ވިދާޅުވީ ސޯސަން މަގަކީ ބޮޑު ޕާކިން ޒޯނެއް އޮތް ތަނަކަށްވާއިރު އެ ޕާކިން ޒޯނުގައި ޖާގަ އޮއްވައި ވެސް އެތަނުގެ ކައިރީ މަގުމަތީގައި ޕާކުކުރަމުންދާ ކަމަށެވެ. އެހެންވެ، ވެހިކަލްތައް ނަގައިގެން މާލެގެ މަގުތައް ހަމައަކަށް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އެކަށީގެންވާ ޕާކިން ޒޯނު ހުރި ތަންތަނުގައި ވެސް އެގޮތަށް ޕާކުނުކުރާކަން ހިތާމައާއެކު ފާހަގަކުރަން."
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އެކި ތަންތަނުގައި ޕާކުކޮށްފައިވާ ހުރި އިންޖީނު ނެތް ތޮށިގަނޑުތަކުގެ ތެރެއިން މިހާތަނަށް 156 ވެހިކަލެއް ވެސް ނައްތާލާފައިވާ ކަމަށެވެ.
ވެހިކަލްތައް ނެގުމުގެ މަސައްކަތްކުރަމުން ދަނީ މާލޭގައި އެކި ގޮތްގޮތަށް ޕާކުކުރަމުންދާތީ އޭގެ ސަބަބުން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ސްޓިކާ ޖެހުން ހުއްޓާލުމާ އެކު ވަނީ ޕޭވްމަންޓުތަކާއި މަގުތަމުގެ ދެ ފަރާތުން ވެސް ޕާކުކުރަން ފަށައިފަ އެވެ.
ހުޅުމާލޭގައި ވެހިކަލްތައް ޓޯކުރަން ފަށަނީ
ބޭނުންނުކުރާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި
ހުޅުމާލޭގެ ފްލެޓުތައް ކައިރިން ސައިކަލްތައް ޓޯކުރަނީ
މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރަނީ
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ