Roadha Mihaaru
ގޯއްޗާއި ފްލެޓާ ގުޅޭގޮތުން ލަފާދޭ ކޮމިޓީ އުފައްދައިފި

ގޯއްޗާއި ފްލެޓާ ގުޅޭ މައްސަލަތަކުގައި ލަފާދޭން ކޮމިޓީއެއް އެކުލަވާލައިފި

14 މާޗް 2024

ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ" އާއި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީމަހު ކަމަށެވެ.

އެ ކޮމެޓީގައި ތިއްބަވަނީ ޖުމްލަ ފަސް މެމްބަރުންނެވެ. އެއީ

1. އަނީސާ އަހްމަދު

2. އަބްދުލްއަޒީޒް ޔޫސުފް

3. އާމިނަތު އީނާސް

4. އަހްމަދު އަލިމަނިކު

5. މަރިޔަމް ފިޒާނާ ރަޝީދު

އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފަ އެވެ. ކޮމެޓީގެ ޗެއާ އަކީ އަނީސާ އަހްމަދެވެ. ވައިސް ޗެއާއަކީ އަބްދުލްއަޒީޒް ޔޫސުފެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

މި ފްލެޓްތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.