19 މާޗް 2024
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އިޒްރޭލުން ހުރަސްއަޅަނީ ގަސްތުގައި ކަމަށް، ފަގީރުކަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ އޮކްސްފަމް އިން އިއްޔެ ބުނެފި އެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އިޒްރޭލުން ހުރަސްއަޅަނީ ގަސްތުގައި ކަމަށް، ފަގީރުކަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ އޮކްސްފަމް އިން އިއްޔެ ބުނެފި އެވެ.
އޮކްސްފަމް އިން ނެރުނު ރިޕޯޓެއްގައި ބުނީ ޣައްޒާއަށް އެހީވުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކުރާ މާނަ ހުރި ކޮންމެ ކަމަކަށް އިޒްރޭލުން ނިޒާމީ ގޮތެއްގައި ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
އޭގައި ބުނެފައިވަނީ އިޒްރޭލުގެ މި އަމަލުތައް، ޖެނުއަރީ މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އަމުރާ ވެސް ހިލާފެވެ. އެ އަމުރުގައި، ފަލަސްތީނު މީހުންނަށް ބޭނުންވާ އެހީގެ މަސައްކަތަށް ފުރުސަތު ދިނުމަށް އަމުރުކޮށްފައި ވާއިރު ގާނޫނީ މި އަމުރަށް އިޒްރޭލުން ތަބާނުވާ ކަމަށް އޮކްސްފަމް އިން ބުންޏެވެ.
"އައިސީޖޭގެ މި އަމުރަކީ އިޒްރޭލުގެ ވެރިންނަށް ސިހުން ލިބޭ ވަރުގެ ނިންމުމަކަށް ވިޔަސް އޭގެ ފަހުން ޣައްޒާގެ ހާލަތު އިތުރަށް ވެފައި ވަނީ ގޯސް،" މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދަށް އޮކްސްފަމް އިން ކަނޑައަޅާފައިވާ ޑިރެކްޓަރު ސެލީ އަބީ ޚަލީލް ވިދާޅުވި އެވެ.
"އިޒްރޭލުން ހަމައެކަނި، ބައިނަލްއަގުވާމީ އެހީ ފޯރުކޮށްދިނުމުގައި އެއްބާރުލުން ނުދެނީއެއް ނޫން. ގަސްތުގައި ހުރަސް ވެސް އަޅަނީ. މިއީ [އައިސީޖޭގެ އަމުރުގައި ބުނާ] ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލަށް ވެދާނެ ކަންކަން ނުކުރުމަށް އިޒްރޭލަށް ކޮށްފައިވާ އަމުރާ ހިލާފް ކަމެއް."
އޮކްސްފަމް އިން ބުނީ އެހީގެ ސާމާނު ހިފައިގެން ދާ ޓްރަކްތައް ފާސްކުރުމުގެ ނަމުގައި އިޒްރޭލުން ކުރާ ކަންކަމަކީ އެކަށީގެން ނުވާ އަދި މާނައެއް ނެތް ކަންތައްތަކެއް ކަމަށާއި މި މަސައްކަތާ ހުރެ ޓްރަކްތައް އެވްރެޖްކޮށް 20 ދުވަހު ކިއޫގައި އޮންނަން ޖެހޭ ކަމަށެވެ.
"ޣައްޒާއަށް އެތެރެކުރުން މަނާ ކަމަށް ބުނާ ތަކެތީގެ ލިސްޓު ހައިރާންވާހާ ދިގު. އަދި އެއީ އަބަދު ބަދަލުވާ ލިސްޓެއް،" އޮކްސްފަމް އިން ބުންޏެވެ.
އޮކްސްފަމް އިން ގެންދިޔަ، ފެން ޓެސްޓުކުރާ ކިޓްތަކެއް ވެސް ޣައްޒާއަށް ވެއްދުން މަނާކުރި ކަމަށާއި އެކަމަކު ފަހުން އަނެއްކާ އެޔަށް ހުއްދަ ދިން ކަމަށް ވެސް ބުންޏެވެ. -- އޭއެފްޕީ
ވޯކީޓޯކީތައް ގޮވި ހާދިސާގައި ލުބްނާނުން 20 މަރު
ހިޒްބުﷲގެ ވޯކީޓޯކީތަކެއް ވެސް ގޮވައި ބަޔަކު މަރުވެއްޖެ
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ޣައްޒާގައި ގެޔަކަށް ހަމަލާދީ 11 މީހަކު ޝަހީދުކޮށްފި
ޔޫކޭއިން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލަނީ
ޣައްޒާގެ ސްކޫލަކަށް ހަމަލާދީ އަނެއްކާވެސް 11 މަރު
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
އިޒްރޭލު ސަރުކާރާ ދެކޮޅަށް އެތައްހާސް ބަޔަކު މަގުތަކަށް
ޣައްޒާގައި އެހީގެ ހުރިހާ މަސައްކަތެއް ހުއްޓިއްޖެ: އދ
"ޣައްޒާގައި ޔަގީންވާ ހަމައެކަނި ކަމަކީ މަރު"