ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެންނާއި އޭގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ވަގުތުން ހަވާލުނުކޮށްފި ނަމަ ޣައްޒާއަށް އަދިވެސް އޮންނާނީ އިތުރު ގެއްލުންތަކާ ކުރިމަތިވުން ކަމަށް ވިދާޅުވެ ހަމާސްގެ ލީޑަރުން ސަލާމަތްވާން ބޭނުމިއްޔާ ޣައްޒާއިން ފައިބަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ އިންޒާރު ދެއްވައިފި އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެންނާއި އޭގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ވަގުތުން ހަވާލުނުކޮށްފި ނަމަ ޣައްޒާއަށް އަދިވެސް އޮންނާނީ އިތުރު ގެއްލުންތަކާ ކުރިމަތިވުން ކަމަށް ވިދާޅުވެ ހަމާސްގެ ލީޑަރުން ސަލާމަތްވާން ބޭނުމިއްޔާ ޣައްޒާއިން ފައިބަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ އިންޒާރު ދެއްވައިފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަނީ އިޒްރޭލުން ކަމަށް ސިފަކުރައްވަމުން ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު" ގައި ލިޔުއްވާފައިވަނީ "މިކަން ނިންމަން އިޒްރޭލަށް ބޭނުންވާ ހުރިހާ އެއްޗެއް އެމެރިކާއިން ފޮނުވަމުން ގެންދާ" ކަމަށެވެ. އެމެރިކާއިން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު އިޒްރޭލަށް ސަޕްލައިކުރުމުގެ މަސައްކަތް ހަލުވިކޮށްފަ އެވެ.
"ހުރިހާ ރަހީނުން ހަމަ މިހާރު މިނިވަންކުރޭ. ފަހަކުން ނޫން. ކަލޭމެން މެރި އެންމެންގެ ހަށިތައް ވެސް ވަގުތުން ހަވާލުކުރޭ. ނޫން ނަމަ ކަލޭމެންގެ ކަންތައް ނިމޭނެ،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
"މިއީ ފަހުގެ އިންޒާރު. [ހަމާސްގެ] ވެރިން ސަލާމަތްވާން ބޭނުމިއްޔާ ވަގުތު އޮއްވައި ޣައްޒާއިން ފައިބާ."
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ އާންމުންހެން މަގުމަތިވެފައި ވާއިރު ޓްރަމްޕު ވަނީ ސީދާ އާންމު ރައްޔިތުންނަށް ވެސް އިންޒާރު ދެއްވައިފަ އެވެ.
"ޣައްޒާގެ ރައްޔިތުންނަށް ބުނަން. ވަރަށް އުފާވެރި މުސްތަގުބަލެއް ތި އެންމެންނަށް އެބަ އޮތް. އެކަމަކު ރަހީނުން ހިފަހައްޓައިގެން ތިބޭ ނަމަ ތިޔަ އެންމެންނަށް ވެސް އޮތީ މަރު،" ޓްރަމްޕުގެ އިންޒާރުގައިވެ އެވެ.
ޓްރަމްޕުގެ މި އިންޒާރުގެ ފަހަތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އިންޒާރު ދީފަ އެވެ. އޭނާ ވަނީ ރަހީނުންގެ ތެރެއިން މިހާރު މިނިވަން ނުކޮށް ތިބި އެންމެން ދޫނުކޮށްފި ނަމަ ދެން ކުރިމަތިވާނެ ކަންކަން ހިޔާލަށް ވެސް ނުގެނެވޭނެ ކަމަށް ބުނެފަ އެވެ.
ހަމަލާތައް މެދުކަނޑާލަން ހަމާސް އާއި އިޒްރޭލުން ހެދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ 33 މީހަކާއި ފަލަސްތީނުގެ ހާހަކަށްވުރެ ގިނަ މީހުން މިނިވަންކޮށްފައި ވާއިރު އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށުމަށް އިޒްރޭލުން ދެކޮޅުހަދައި އެކި އުޒުރުތައް ގެންދަނީ ދައްކަމުންނެވެ. ދެން ވާހަކަ ދައްކާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށް ބުނާއިރު އެއްބަސްވުމާ ހިލާފްވަނީ ހަމާސް އިން ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އޯއައިސީން ބަލައިގެންފި
ޣައްޒާއިން މީހުން ބޭލުމަކީ ހިޔާލެއް: ޓްރަމްޕު
ޣައްޒާއިން ނެރޭ މީހުންނަށް އެނބުރި ނުދެވޭނެ: ޓްރަމްޕް
ޣައްޒާއިން މީހުން ބާލަން ބައިވެރިއެއްނުވާނަން: ސީސީ
ހިފެހެއްޓި ހަތިޔާރު ޓްރަމްޕުގެ އަމުރަށް އިޒްރޭލަށް ދެނީ
ޓްރަމްޕުގެ ވިސްނުމަކީ "ޣައްޒާ ސާފުކޮށްލުން"
ޓްރަމްޕުގެ ޣައްޒާ ޕްލޭން ކުރިއަށްދާ ކަމަށް ބުނެފި
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ޣައްޒާއިން ކަރަންޓު ކަނޑާލަން އަންގައިފި
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން