Roadha Mihaaru
ރަޝިޔާ ހަމަލާގެ ވީޑިއޯ އައިއެސް އިން އާންމުކޮށްފި

ރަޝިޔާގައި ދިން ހަމަލާގެ ވީޑިއޯ އައިއެސް އިން އާންމުކޮށްފި

24 މާޗް 2024

ރަޝިޔާގައި ހުކުރު ދުވަހު ކޮންސަޓެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ދިން ނުރައްކާތެރި ހަމަލާތަކުގެ ވީޑިއޯ ކަމަށް ބުނެ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވީޑިއޯއެއް އާންމުކޮށްފި ކަމަށް ސައިޓް އިންޓެލިޖެންސް ގްރޫޕުން ބުނެފި އެވެ.

ރަޝިޔާގައި ހުކުރު ދުވަހު ކޮންސަޓެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ދިން ނުރައްކާތެރި ހަމަލާތަކުގެ ވީޑިއޯ ކަމަށް ބުނެ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވީޑިއޯއެއް އާންމުކޮށްފި ކަމަށް ސައިޓް އިންޓެލިޖެންސް ގްރޫޕުން ބުނެފި އެވެ.

ހަތިޔާރު ހިފައިގެން ތިބި މީހުންގެ މޫނު ފުސްކޮށްފައިވާ އެ ވީޑިއޯގައި އެ މީހުން ކްރޮކަސް ސިޓީ ހޯލްގެ ލޮބީ ކަމަށް ބެލެވޭ ތަނަކުން ފެނެ އެވެ. ކޮންސަޓް ބަލަން ގޮސް ތިބި މީހުންނަށް ދިމާލަށް ބަޑިޖަހަމުން ދާއިރު ހޯލްގައި ރޯވެ އަނދާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

ސައިޓް މޮނިޓަރިން އިން ބުނީ މި ވީޑިއޯ އާންމުކުރީ އައިއެސްގެ މީޑިއީ ގޮތްޕެއްގެ ޓެލެގްރާމް އެކައުންޓެއްގައި ކަމަށެވެ.

ރަޝިޔާގެ ކްރޮކަސް ސިޓީ ހޯލްގައި ދިން ހަމަލާއަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ

ރަޝިޔާގެ ކްރޮކަސް ސިޓީ ހޯލްގައި ދިން ހަމަލާއަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ

އައިއެސް އިން ޒިންމާ ނަގާފައިވާ މި ހަމަލާގައި 133 މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މިއީ ޔޫރަޕްގައި އައިއެސް އިން މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ރަޝިޔާއިން ބުނެފައިވަނީ ހަމަލާގެ ތުހުމަތުގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ހަތަރު މީހަކީ ސީދާ ހަމަލާގައި ބައިވެރިވި މީހުން ކަމަށާއި އެ މީހުން ހައްޔަރުކުރީ ފިލައިގެން ޔުކްރެއިނަށް ދާން އުޅެނިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރައީސް ލަޑީމިއާ ޕުޓިން އަދި ޖާސޫސީ އިދާރާ އެފްއެސްބީ އަކުން ވެސް މި ހަމަލާއާ ޔުކްރެއިންއާ ގުޅުމެއް އޮތް ކަމަކަށް ނުބުނެ އެވެ. އެކަމަކު ރަޝިޔާއާ އެކު ހަނގުރާމާގައި އޮތް ޔުކްރެއިނުން ވަނީ މި ހަމަލާގެ ޒިންމާ ޔުކްރެއިންގެ ބޮލުގައި އަޅުވަން ރަޝިޔާއިން މަސައްކަތްކުރާ ކަމަށް ބުނެފަ އެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާ "އާރްޓީ" އިން ވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ކަނުބަނދެ ބިޑި އަޅުވާފައި ބައިތިއްބައިގެން ތަހުގީގުގައި ސުވާލުކުރާ މަންޒަރު ފެންނަ ދެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ މީހުން އެ ވީޑިއޯގައި، ހަމަލާގައި ބައިވެރިވި ކަމަށް އެއްބަސް ވިޔަސް މިކަން ކުރީ ކޮން ބައެއްގެ އޯޑަރަކަށް ކަމެއް ނުބުނެ އެވެ. -- އޭއެފްޕީ