ވަކިވެ ގަތުމަށް މަސައްކަތްކުރާ ހަރުކަށި ފިކުރު، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބަޔަކަށް ރާއްޖެ ހެދުމަށް ކުރިންސުރެ މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
26 ޖުލައި 2020
ވަކިވެ ގަތުމަށް މަސައްކަތްކުރާ ހަރުކަށި ފިކުރު، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބަޔަކަށް ރާއްޖެ ހެދުމަށް ކުރިންސުރެ މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިއަދު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެސް ތަފާތު ފިކުރުތައް އުފެދިގެން ދާ ކަމަށެވެ. އެގޮތުން އެއް ދައުލަތެއްގެ ގޮތުގައި އަރަބި ކަރަ ބޭއްވުމުގެ ވިސްނުމުގައި މަސައްކަތް ކުރާ މީހުން ރާއްޖެ ވެސް އޭގެ ތެރެއަށް ލުމަށް މަސައްކަތް ކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޝާމް އާއި އެނގިވަޑައިގަންނަވާނެ އައިއެސް ޖަމާއަތުން އެ ހިންގާ މަސައްކަތްތަކުގައި ދިވެހި ރާއްޖެއަކީ އެ މީހުންގެ ދައުލަތުގެ ގޮތުގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް މި ތަނުގައި އެ މީހުންގެ ނެޓްވޯކް ހިންގާ. އެއީ މިހާރު ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް،" އެ މަނިކުފާން ލިޔުއްވައި ނެރުއްވުމަށް މަސައްކަތް ކުރައްވާ ތާރީހީ ފޮތް، "ދެ ރަދުން" ހިއްޕަވައިގެން އިންނަވައި ނަޝީދު ވިދާޅުވި އެވެ.
ނުރައްކާތެރި، ހަރުކަށި ފިކުރާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާ ނަޝީދު މިއަދު ވެސް ވިދާޅުވީ އެ ފިކުރުތަކަށް ރާއްޖޭން ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެންގެ ސިފައިން މިތިބީ އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު މި ރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަކަށް ވެސް ދޫކުރާކަށެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ހަރުކަށި ދީނީ ފިކުރުގެ މީހުން މުޅި ރާއްޖެ އަށް ފެތުރިފައިވާއިރު އެކަމުން ރާއްޖެ ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދޭތެރެ ދޭތެރެއިން ރާއްޖޭގައި ރާވަމުން އަންނަ ހަމަލާތައް ހުއްޓުވަ އެވެ.
ނަޝީދު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ބުއްދިވެރިކަމާ އެކުގައި ކަމަށެވެ. ދިވެހިންގެ މިނިވަންކަން "ގުޑުވާލެވޭނެ" އިތުރުބާރެއް ނުވަތަ އިތުރުގޮތެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޒަމާނުންސުރެ ދިވެހިން އައީ އިންޑިއާ ކަނޑުގައި މަސައްކަތްކޮށް ދަތުރު ކުރަމުން ކަމަށާއި މި ކަނޑުގެ މަސްލަހަތު ދިވެހިންނަށް ވަރަށް މުހިންމު ކަމަށެވެ.
"މި ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު. މި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން. މިކަނޑުގެ ހަމަޖެހުން ހުއްޓިފައި އޮތީ ދިވެހިންގެ އަމަލުތަކުގެ މައްޗަށް ވެސް މެ. ދިވެހި ރާއްޖޭގެ ހަމަޖެހުމާއި ދިވެހި ރާއްޖޭގެ ސަލާމަތް ތެރިކަން އެއީ ޝައްކެއް ވެސް ނެތް ގޮތުގައި އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން،" ނަޝީދު ވިދާޅުވި އެވެ.
"އިންޑިއާ ކަނޑުގެ މައްޗަށް ބާރުފޯރުވާން އުޅުނު އެއްވެސް ބަޔަކަށް އެކަން ކުރެވިފައެއް ނުވޭ ދިވެހީންނާއެކުގައި އެއްބަސްވުންތަކެއް ވެގެން ނޫނީ. އިނގިރޭސީން އައުމުގެ ކުރީގައި އިންޑިއާ ކަނޑުގައި އޮތް ބާރެއް ވިއްޔާ އޮތީ ދިވެހިންނާއެކުގައި ކޮންމެވެސް އެއްބާވަތެއްގެ މުއާމަލާތް ހިންގަމުން."
ތާރީހަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވީ ކުރީގައި އިންޑިއާގެ ކަންނަންނޫރުގެ ވެރިންނާއި ރާއްޖޭގެ ރަދުންނާ ގާތްގުޅެއް އޮންނަ ކަމަށެވެ.
"ބައެއް ފަހަރަށް ރުޅިވެރިކަމުން. އަނެއްބައި ފަހަރަށް ލޯބިން. އަނެއްބައި ފަހަރަށް ވިޔަފާރިން. ކަންނަންނޫރު ބީބީގެ ސިޓީ ފުޅުތައް ދިވެހި ރަދުންނަށް ފޮނުވާފައިވާ ދިވެހި ރާއްޖޭގެ ތާރީހީ ފަތްފުއްތަކުގަޔާއި އިންޑިއާ އާއި އިނގިރޭސި ވިލާތުގެ އެކިއެކި އާކައިވްސްގައި މިއަދު ވެސް ފެންނަން އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އަށް ހިމާޔަތް ދިނުމަށް ދިވެހި ދައުލަތާއި އިނގިރޭސީންނާ ދެމެދު އެއްބަސްވެވުމަކަށް އައީ 1888 ވަނަ އަހަރު އެވެ. އެ އެއްބަސްވުން ބަދަލުކޮށް ދިވެހިންނަށް ހާރިޖީ ގުޅުން ބޭނުންބަޔަކާ އެކު ބޭއްވުމުގެ ފުރުސަތު ލިބުނީ 1965 ވަނަ އަހަރުގެ ހެދި އެއްބަސްވުމާ އެކު އެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
ރަޝިޔާ ހަމަލާގެ ވީޑިއޯ އައިއެސް އިން އާންމުކޮށްފި
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
"ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނުނު"
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ