އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރިވާ ނެޓްވޯކެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.
26 ޖުލައި 2020
އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރިވާ ނެޓްވޯކެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.
ދުނިޔޭގެ ޓެރަރިސްޓް ޖަމާއަތްތައް ލިސްޓްކުރާ އދ. ގެ ސަލާމަތީ މަޖިލީހުގެ ކޮޮމެޓީން އެ މަޖިލީހުގެ ރައީސަށް މިިދިޔަ ހަފުތާގައި ފޮނުވި ރިޕޯޓުގައި އެކި ގައުމުތަކުގައި ޓެރަރިސްޓް އެކި ޖަމާއަތްތަކުން ހަރަކާތްތައް ހިންގަމުންދާ ގޮތާ ބެހޭ ތަފްސީލުތައް ހިމަނަފައިިވެ އެވެ.
އެ ރިޕޯޓުގައިވަނީ ރާއްޖޭގައި އައިއެސްއަށް ވާގިވެރިވާ ފަރާތްތަކަކާ އެކު އެ ޖަމާއަތުން ރާއްޖޭގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު މޮނީޓަރިން ޓީމަށް ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ އޭޕްރީލް މަހު އދ. މަހިބަދޫ ފަޅުގައި ހުރި ލޯންޗްތަކެއްގައި ރޯކޮށްލުމަކީ އައިއެސް އިން ރާއްޖޭގައި ހިންގި ފުރަތަމަ ޓެރަރިސްޓް ހަރަކާތް ކަމަށާއި އެ ހަމަލާއަކީ ހައްދުފަހަނާއަޅާފައިވާ މީހުންނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށުމުން ދިން ހަމަލާއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އައިއެސްއާ ގުޅުންހުރި މީޑިއާ ނެޓްވޯކްތަކުން އެ މައުލޫމާތު ފެތުރިކަން ފާހަގަކޮށް، އެ ރިޕޯޓުގައިވަނީ ރާއްޖޭގައި ދީނީ ހައްދުފަހަނަ އެޅުން އިތުރުވަމުންދާ މިންވަރާ މެދު އދ. ގެ މެމްބަރު ގައުމުތަކުގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.
މަހިބަދޫ ފަޅުގައި ހުުރި ލޯންޗްތައް ރޯކޮށްލުމުގެ ޒިންމާ އައިއެސް ޖަމާއަތުން ކުރިން ނެގިޔަސް، ފުލުހުން ބުނެފައިވަނީ ތަހުގީގަށް އެފަދަ މައުލޫމާތެއް ނުލިބޭ ކަމަށެވެ. އެކަމަކު ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަކީ އެ ޖަމާއަތާ ގުޅުން އޮންނަ ބައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ދީނީ ހައްދުފަހަނަ އަޅައި ދިނުމާ ދެކޮޅަށް ފުލުހުން ގެންދަނީ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެފަދަ ބައެއް އޮޕަރޭޝަންތަކުގައި ބައެއް ހައްޔަރުކޮށް، ދައުވާތައް ވެސް އުފުލައިފަ އެވެ.
ރަޝިޔާ ހަމަލާގެ ވީޑިއޯ އައިއެސް އިން އާންމުކޮށްފި
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
"ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނުނު"
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރު
އައިއެސްގެ ބަޔަކަށް ރާއްޖެ ނުހެދޭނެ، އެފުރުސަތެއް ނެތް
ރާއްޖޭގައި ބޮން ހަދައި ވައިގެ މަގުން ގޮއްވާލަން އުޅުނު
މާއުނގޫދުއަށް ދިޔަ ދޯނި ހޯދިއްޖެ: އިމްރާން
ޓެރަރިސްޓް ހަމަލާއެއްގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި
ޔޫރޯ އަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބަ އޮތް