25 މާޗް 2024
މާލޭ ކޮމާޝަލް ބަނދަރު ބަދަލުކޮށް ތިލަފުށީގައި ގާއިމްކުރާ ޒަމާނީ ޕޯޓް "ދުބާއީ ޕޯޓްސް ވޯލްޑް" އަށް ވިއްކާލަން މި ސަރުކާރުން ނިންމާފައިވާ ކަމަށާއި އެއީ އިގުތިސޯދީ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށް އެކަން ސަރުކާރުން ދޮގުކޮށްފި އެވެ.
މާލޭ ކޮމާޝަލް ބަނދަރު ބަދަލުކޮށް ތިލަފުށީގައި ގާއިމްކުރާ ޒަމާނީ ޕޯޓް "ދުބާއީ ޕޯޓްސް ވޯލްޑް" އަށް ވިއްކާލަން މި ސަރުކާރުން ނިންމާފައިވާ ކަމަށާއި އެއީ އިގުތިސޯދީ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށް އެކަން ސަރުކާރުން ދޮގުކޮށްފި އެވެ.
ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ އިއުލާންކުރި މި މަޝްރޫއު މިދިޔަ ސަރުކާރުން ގުޅީފަޅަށް ބަދަލުކޮށްފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަނެއްކާ ވެސް ވަނީ ތިލަފުށީގައި ޕޯޓް އަޅަން ނިންމައި، އޭގެ މަސައްކަތްތައް ފަށައިފަ އެވެ.
އެކަމަކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ ތިލަފުށީ ޕޯޓް އެއްވެސް ބަޔަކަށް ދިނުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ.
ޔާމީން އިސްވެ ހުންނަވައި އުފައްދަން މަސައްކަތް ކުރާ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތިލަފުށިން 99 އަހަރަށް ބޭރު މީހުންނަށް ބިން ކުއްޔަށް ނެގޭނެ ގޮތަށް މި ސަރުކާރުން ހުޅުވާލީ ދުބާއީ ވޯލްޑަށް ޕޯޓް ދިނުމަށް ނިންމާފައިވާތީ ކަމަށް ބެލެވޭ ކަމަށާއި އެއީ ރާއްޖެ އަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.
ދުބާއީ ޕޯޓްސް ވޯލްޑަކީ ދުބާއީ ސަރުކާރުގެ ފަރާތުން އިންވެސްޓްމެންޓްތައް އެކި ގައުމުތަކުގައި ވެސް ހިންގާ ބޮޑު ކުންފުންޏެކެވެ. އިންޑިއާގެ ކޮޗިންގައި ވެސް އެ ކުންފުނިން ޓްރާންސްޝިޕްމެންޓް ޕޯޓެއް ހިންގަ އެވެ.
"ކިރިޔާ ވެސް އިގުތިސޯދީ ވިސްނުމެއް، ފައިސާގެ ވިސްނުމެއް ހުންނަ މީހަކަށް ވިއްޔާ އެނގޭނެ ދިވެހިރާއްޖެ ކަހަލަ ވަށައިގެން ކަނޑު އޮންނަ ގައުމަކަށް އަދި އިރުން ހުޅަނގުން އަދި ހުޅަނގުން އިރަށް ދަތުރު ކުރާ ހުރިހާ ވިޔަފާރި މުދަލެއް މި ދަނީ ދިވެހިރާއްޖޭގެ ދެ ޗެނަލް މެދުވެރިކޮށް[ކަން]. އުތުރުގައި އިހަވަންދިޕޮޅު ޗެނަލް އަދި ދެކުނުގަ އައްޑު އަތޮޅުގައި މި އޮންނަ ޗެނަލް. އެހެންވީމަ ރާއްޖެ ހުރަސްކޮށްފައި ނޫނީ ބޯޓުތަކެއް ނުދާނެ،" ޔާމީން ވިދާޅުވި އެވެ.
ތިލަފުށި: އެ ރަށުގެ ބިން ހިއްކައި ޕޯޓްގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން
ކާގޯ ބޯޓުތަކުގެ ދަތުރުތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓް ރާއްޖެ ހުރަސްކޮށް ދަތުރުކުރާއިރު އެއީ ވަރަށް ބޮޑު އިގުތިސޯދީ މަންފާއެއް ރާއްޖެ އަށް ހޯދެން އޮތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި ވެސް ދުބާއީ ވޯލްޑުން ތިލަފުށީ ޕޯޓް ހޯދަން ހުށަހެޅި ކަމަށާއި ނަމަވެސް، އެކަމަށް އިންކާރު ކުރީ އެ ޕޯޓް އެޅުމަކީ ދިވެހިންނަށް ކުރެވޭނެ ވަރު ކަމަކަށްވެފައި، އެހެން ބަޔަކަށް އެ ތަން ދީފި ނަމަ، ރާއްޖެ އަށް ލިބެން އޮތް މަންފާއެއް ގެއްލޭނެތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ރަސްމީ ބޭފުޅުން އަޅުގަނޑާ ދެ ފަހަރަށް ވާހަކަ ދެއްކި ދުބާއީ ވޯލްޑަށް އަޅުގަނޑުމެންގެ ތިލަފުށި މާލެ ޕޯޓް ދޭން. ދެ ފަހަރު މަތިން ވާހަކަ ދެއްކި ދުބާއީ ވޯލްޑްގައި އެންމެ އިސްކޮށް އުޅުނު މީހާ ދެ ފަހަރަށް މާލެ ވަޑައިގެންނެވި. އެ ޕޯޓް އެ އޮތީ ނުދީފައި،" ޔާމީން ވިދާޅުވި އެވެ.
"ސަބަބަކަށް ވަނީ އޭރު އަޅުގަނޑުމެން ހިސާބު ހެދިއިރު މާލޭގައި ކޮންޓެއިނާ ޓާމިނަލެއް ހެދުމަށްޓަކައި އޭރުގެ ވަސީލަތްތަކާ އެކު ގާތްގަނޑަށް 80 މިލިއަން ޑޮލަރު އަދި މިހާރަށް ބަލާނަމަ 200 މިލިއަނެއްކާ ޑޮލަރުން އެކަން ކުރެވޭ. އެއީ ފަށައިގަތުން."
ޔާމީން ވިދާޅުވީ ތިލަފުށީ ޕޯޓް ދުބާއީ ވޯލްޑަށް ދީފި ނަމަ، އެއީ އިގުތިސޯދީ ގޮތުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އެއީ އެ މީހުންނަށް ކުއްޔަށް ދޭ ފަންސާހަކަށް އަހަރުން ރާއްޖެ އަށް މާބޮޑު އެއްޗެއް ނުލިބޭނެތީ ކަމަށާއި އެކަމަކު، ރާއްޖެ ހުރަސްކުރާ ބޯޓުތަކަކީ ދިވެހިންނަށް އޮތް "ގޯލްޑް މައިންއެއް" ކަމަށެވެ.
"ދުބާއީ ވޯލްޑަށް ޕޯޓް ދީފި ނަމަ، ހަމަ ރާއްޖެ އަންނަ މުދަލުގެ އަގު ވެސް ބޮޑުވީ. ދިވެހިރާއްޖޭގެ އެއްވެސް ކޮންޓްރޯލެއް ރާއްޖޭގެ ޕޯޓަކު ނޯންނާނެ، ޒަމާންތަކެއް ވަންދެން. ޖީއެމްއާރް އަށް އެއާޕޯޓް ވިއްކާލުން ކަހަލަ ކަމެއް މިއީ،" ޔާމީން ވިދާޅުވި އެވެ.
ދުބާއީ ޕޯޓްސް ވޯލްޑުގެ ޗެއާމަން ޔާމީންގެ އަރިހަށް، އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ޒިޔާތެއްގެ ތެރެއިން: އެ ކުންފުނިން ރާއްޖޭގެ ޕޯޓް ހޯދަން ހުށަހެޅުމުން އޭރު އެކަމަށް އެއްބަސްވެފައިނުވާނެ ކަމަށް ޔާމީން ރޭ ވިދާޅުވި
ޔާމީން ވިދާޅުވީ ދުބާއީ ވޯލްޑަށް ދީގެން ރާއްޖޭގައި ޕޯޓް އަޅައިފި ނަމަ، އެ ޕޯޓަކީ އިންޓަނޭޝަނަލް ޕޯޓަކަށް ވެސް ނުވާނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ ކޮޗިންގައި ދުބާއީ ވޯލްޑްގައި މިއަށްވުރެ ބޮޑު ޕޯޓެއް ހަދާފައި އެބައޮތް ކަމަށާއި އެހެންކަމުން ރާއްޖޭގެ ޕޯޓް ވާނީ ކޮޗިން ޕޯޓްގެ ކުޑަ ޕޯޓަކަށް ކަމަށެވެ.
"އެހެންކަމުން ދުވަހަކު ވެސް ދުބާއީގައި އޮތް ގޮތަކަށް ދުބާއީގައި އޮތް ގޮތަކަށް ފްރީ ޒޯނެއް ހަދާ އެއްވެސް ކަހަލަ ކަމެއް ނުކުރާނެ. ކޮޗިންގައި އެ އޮތީ ފްރީ ޕޯޓް. އެ އޮތީ ފްރީ ޒޯން. އެހެންވީމަ މި ސަރަހައްދުގެ ހުރިހާ ކަމެއް ހިނގާނީ ކޮޗިން އިން. ދިވެހިރާއްޖެ ވާނީ ހަމައެކަނި އެ މީހުންގެ ސެޓެލައިޓަކަށް،" ޔާމީން ވިދާޅުވި އެވެ.
"ދިވެހިރާއްޖެ އެ މީހުން ނަގަން ބޭނުންވާ ސަބަބަކީ ދިވެހިން އަމިއްލައަށް މިކަން ކޮށްފި ނަމަ، ކޮޗިން ވާނީ މިއާ ވާދަކުރާ ތަނަކަށް. އެހެންވީމަ މިވަރުގެ ދިރާސާއެއް ނުކޮށް މިކަން ކުރާ ކަމަށްވާ ނަމަ މިއީ ހެދޭ ބޮޑު ގޯހެއް."
ޔާމީން ވިދާޅުވީ މިކަހަލަ ކަންކަން އެއްވެސް ރައީސަކު ވެސް ކުރައްވަންވާނީ ރައްޔިތުންނަށް އެނގޭނެ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި މަޝްވަރާކޮށްގެން ކަމަށެވެ.
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!
ޑޮލަރުގެ މައްސަލަ ދެތިން މަސް ތެރޭ ހައްލުވާނެ: ސައީދު
ޔާމީން އެދުމަކީ މުުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވުން
"މުއިއްޒުގެ ފަހަތުން ނުކުތީ ޔާމީންގެ އިރުޝާދުގެދަށުން"
ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ހިއްސާކޮށްފި
ތިން ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު ޔާމީނަށް އޮތް
ޔާމީންގެ ދިފާއުގައި ސައީދު/އާދަމް ޝަރީފް ލަންކާއަށް!
އިދިކޮޅުގެ އެއްވުން "ތިޔަހެން ނުވިއްކޭނެ" ނަމުގައި
ރިޔާސީ ޓިކެޓް ޔާމީން ނޫން މީހަކަށް ނުލިބޭނެ: ސައީދު