ތ. ތިމަރަފުށީގައި މަސްތުވާތަކެތި ބޭނުންކުރާ އަންހެނެއްގެ މައްސަލަ ބޮޑުވެ، އޭނާގެ އުނދަގުލާ ހެދި ރަށުގައި ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެ އެވެ.
06 މެއި 2024
ތ. ތިމަރަފުށީގައި މަސްތުވާތަކެތި ބޭނުންކުރާ އަންހެނެއްގެ މައްސަލަ ބޮޑުވެ، އޭނާގެ އުނދަގުލާ ހެދި ރަށުގައި ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެ އެވެ.
އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ، 29 އަހަރުގެ އަންހެން މީހާ އަށް ރަށު މީހުންގެ ފަރާތުން އަދި އަންހެން މީހާގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ވެސް ގެއްލުން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މީގެ ކުރިން ވެސް ތޫނު އެއްޗެހިން ތިމަރަފުއްޓާއި މާލޭގައި ވެސް ދޭތެރެ ދޭތެރެއިން އޭނާ މީހުންނަށް ވަޅިން ހަމަލާދީފައިވެ އެވެ. އޭގެ ބައެއް މައްސަލަތަކުގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ.
ވައްކަމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ގްރޫޕު ހަދައިގެން ގިނަ ބަޔަކާ އެކު ޖިންސީ ގުޅުން ހިންގާކަމުގެ ތުހުމަތު އޮތް އެ މީހާއަށް، އެޑްމިޓުކޮށްގެން މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހޭ ކަމަށް، މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ސައިކޮލޮޖިސްޓަކު ހެދި އެސެސްމަންޓުން ދައްކަ އެވެ.
އެނގިފައިވާ ގޮތުގައި، ޑްރަގް ފަރުވާއަށް ކޯޓުން އަމުރުނުކުރާ ކަމަށް ބުނެ، އޭނާ ގެންދަން ޑްރަގް އެޖެންސީން ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމުގައި، ކަމާގުޅޭ ފަރާތްތަކުން ބައްދަލުވުން ބޭއްވިއަސް، އެ މިނިސްޓްރީ އަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.
"ކޮންމެ ފަހަރަކު ހައްޔަރުކޮށްފައި ދޫކޮށްލީމަ ކޮންމެ ވެސް މީހަކަށް މި ހަމަލާދެނީ. މި ފަހުން މާލޭގައި ބިދޭސީއަކަށް ވަޅިން ބިރު ދައްކައިގެން ފައިސާ ވެސް ފޭރުނު. އޭގެ ކުރިން ފިހާރައަކަށް ވަދެ ސޭޓަކަށް ވަޅިން ހަމަލާދިން." ރަށުން ވާހަކަދެއްކި އެހެން މީހަކު ބުންޏެވެ.
މި ފަހުން ވެސް ތިމަރަފުށީގެ މިސްކިތެއް ކައިރީގައި ހުރެގެން ރަސޫލާއަށް ފުރައްސާރަކޮށް، އައުގުރާނަ ގޮވި މައްސަލައެއްގައި އަންހެން މީހާ ހައްޔަރުކުރި އެވެ. އެކަމަކު، އެ ދައުވާ އުފުލުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އަންހެން މީހާގެ ނަފްސާނީ މައްސަލައެއް ހުރުމުން ދައުވާ ނުކުރާށެވެ.
"ދައުލަތުގެ އިދާރާތައް ފެއިލްވެފައިވާ މަންޒަރު މި ފެންނަނީ. އަންހެން މީހާއަށް ގެއްލުމެއް ލިބިއްޖެއްޔާ ނޫނީ އޭނާގެ ފަރާތުން އެހެން މީހުންނަށް ގެއްލުމެއް ލިބިއްޖެއްޔާ ހުރިހާ ތަނަކުން ދެން ތެދުވާނެ،" ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ އާއިލާގައި ދެން ތިބީ ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. ރަނގަޅު ހާލަތެއްގައި ހުރީ މަންމަ އެކަންޏެވެ. ނަމަވެސް، އުމުރުން ދުވަސްވުމުން މަންމައަށް ވެސް އެ އަންހެން މީހާގެ އެއްވެސް ކަމެއް މިހާރު ނުބެލެ އެވެ.
ހުޅުމާލޭން 14 ކިލޯގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި
ޑްރަގް އެތެރެކުރަން އުޅުނު 4 މީހުން ހައްޔަރު ކޮށްފި
ފަޅު ރަށަކުން ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ޑްރަގު މައްސަލައެއްގައި މީހަކު ހޯދަނީ
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޔޮޓެއްގައި ޑްރަގްސް އެތެރެކުރަން އުޅުނު މީހުން ހައްޔަރު
ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު
ބަނގުރާ ގެންގުޅުނު ބިދޭސީއަކު ޑީޕޯޓުކުރަނީ