Roadha Mihaaru
އިތުރު މަސް ފެކްޓްރީތަކާ އެކު ކެޕޭސިޓީ 250 ޓަނަށް

އިތުރު 2 ފެކްޓަރީ އާ އެކު މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީ 250 ޓަނަށް ބޮޑުކުރަނީ

14 އެޕްރީލް 2024

ޅ. ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑުކޮށް އިތުރު ދެ ރަށެއްގައި މަސް ފެކްޓްރީތައް އެޅުމަށް 175 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެއް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޅ. ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑުކޮށް އިތުރު ދެ ރަށެއްގައި މަސް ފެކްޓްރީތައް އެޅުމަށް 175 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެއް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލުކޮށްފި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޅ. ފެލިވަރުގައި އިތުރަށް 100 ޓަނު، ދ، މާދެލީގައި 50 ޓަނު އަދި ގދ. ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސް ކުރަން ފެކްޓްރީތައް އަޅާނެ އެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

މި ޕްރޮޖެކްޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން ކޮންސެޝަނަލް ނުވަތަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް ސޮއިކޮށްފައިވާ ޕްރޮޖެކްޓެކެވެ.

ޕްރޮޖެކްޓްގެ ތަފްސީލު

ޅ. ފެލިވަރު: 100 ޓަނުގެ ފެކްޓްރީއެއް، 50 މިލިއަން ޑޮލަރު ހަރަދުވާނެ

ދ. މާދެލި: 50 ޓަނުގެ ފެކްޓްރީއެއް، 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް، މަސް ބަނދަރެއް، 75-100 މިލިއަން ޑޮލަރު ހަރަދުވާނެ

ގދ. ފިޔޯރީ: 100 ޓަނުގެ ފެކްޓްރީއެއް، 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް، 50-75 މިލިއަން ޑޮލަރު ހަރަދުވާނެ

މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ފިނިކުރި އަދި ގަނޑުކުރި މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި ރާއްޖޭގައި ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ކަމަށެވެ. އެހެންވެ، މި މަސައްކަތުގެ ސަބަބުން، އާ ސަރުކާރުގެ ކުރީ ކޮޅުގައި މިކަން ހާސިލުވާނެ ކަމަށެވެ.

ޅ.ފެލިވަރުގެ މަސް ފެކްޓްރީ. އެ ފެކްޓްރީ ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި -- ފޮޓޯ: މިހާރު

ޅ.ފެލިވަރުގެ މަސް ފެކްޓްރީ. އެ ފެކްޓްރީ ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި -- ފޮޓޯ: މިހާރު

ޝިޔާމު ވިދާޅުވީ، އަމާޒަކީ 18 މަސް ތެރޭ އެ މަސައްކަތް އެއްކޮށް ނިންމާލައި ފެކްޓްރީތަކުން މަސް ޕްރޮސެސް ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ފެލިވަރަށް ގާތްގަނޑަކަށް 40 އަކަށް އަހަރުވީ އިރު ކެޕޭސިޓީއަކީ 50 ޓަނު ކަމަށެވެ. ނަމަވެސް، އެތަނުގެ ހާލަތު ހުރި ގޮތުން މިހާރު މަސް ބަންދު ކުރެވެނީ ގާތްގަނޑަކަށް 40 ޓަނު ކަމަށެވެ.

"ރާއްޖޭގައި ބާނާ 128،000 މެޓްރިކް ޓަނުގެ މަހުގެ ތެރެއިން 63،000 މެޓްރިކް ޓަނު ރޯ މަހުގެ ގޮތުގައި މި ބޭރު ކުރަނީ. އެއީ ޕްރޮސެސިން ކެޕޭސިޓީ ސަރުކާރު ހިއްސާވާ މިފްކޯގައި ނެތުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

ފެލިވަރު ފެކްޓްރީގައި މަސް ކަނޑަނީ. އެ ފެކްޓްރީ މިހާރު ޕްރޮސެސް ކުރެވެނީ ގާތްގަނޑަކަށް 40 ޓަނުގެ މަސް -- ފޮޓޯ: މިހާރު

ފެލިވަރު ފެކްޓްރީގައި މަސް ކަނޑަނީ. އެ ފެކްޓްރީ މިހާރު ޕްރޮސެސް ކުރެވެނީ ގާތްގަނޑަކަށް 40 ޓަނުގެ މަސް -- ފޮޓޯ: މިހާރު

ޝިޔާމް ވިދާޅުވީ، ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓުކޮށްގެން ގާތްގަނޑަކަށް 91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު، މަސް ޕްރޮސެސް ކުރުމުން އެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށެވެ.

"މިއަދު މި ސޮއި ކުރި އެމްއޯޔޫއާ އެކީގައި މި އަދަދު އެބަ ޑަބަލް ކުރެވޭ. ގާތްގަނޑަކަށް 180 މިލިއަން ޑޮލަރާ ހިސާބަށް އަޅުގަނޑުމެންނަށް ގެންދެވިދާނެ ކަމަށް އަންދާޒާކުރެވޭ. އެހެންވެއްޖެ ނަމަ، އާމްދަނީއަށް ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް މިދެވެނީ،" އޭނާ ވިދާޅުވި އެވެ.