ތ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، އެ ދާއިރާއަށް ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފި އެވެ.
14 އެޕްރީލް 2024
ތ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، އެ ދާއިރާއަށް ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފި އެވެ.
މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގެ ރޭހުން ފަހަތަށް ޖެހި، ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމި ދެވަނަ ކެންޑިޑޭޓެވެ.
މީގެކުރިން ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފަ އެވެ. ތިމަރަފުށީ ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓަސް ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ގުރައިދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ވެސް އިންތިހާބުން ފަހަތަށް ޖެހުނުއިރު އެ ދާއިރާއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކެންޑިޑޭޓެއް ނެރެފައެއް ނުވެ އެވެ. ޕީއެންސީގެ ކެންޑިޑޭޓްގެ އިތުރުން ދެން އެ ދާއިރާއަށް ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓެކެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެންމެ ފަހުން މެންބަރެއްގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާއަކީ އަބަދުވެސް ޕީޕީއެމްއަށް ތާއިދު ބޮޑު ދާއިރާއެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބުނު އެއް ދާއިރާއަކީ އެއީ އެވެ.
ޑިމޮކްރެޓްސްގެ ލީލާ، ޕީއެންސީގެ ހަނާން މުހައްމަދު ރަޝީދަށް ތާއީދުކުރަން ނިންމައިފައިވާ ކަން ހާމަކުރަން މިރޭ ބޭއްވި އިވެންޓްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ލީލާ ނިންމި ނިންމުމަކީ ވަރަށް ކެރިގެން ނިންމި ނިންމުމެއް ކަމަށާއި އެއީ ގައުމަށާއި ދާއިރާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ނިންމި ނިންމުމެއް ކަމަށެވެ.
މިފަދަ ހިތްވަރު ގަދަ ނިންމުންތައް މީގެކުރިން ވެސް ޑިމޮކްރެޓްސް އިން ނިންމާފައިވާ ކަން ފާހަގަކުރައްވައި އިހުސާން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ޑިމޮކްރެޓްސް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ވާދަވެރި، އެހެންނަމަވެސް ބިނާކުރުވަނިވި ސިޔާސީ ހަރަކާތަކީ އެއީ ކަމަށެވެ.
ޑިމޮކްރެޓްސްގެ ދެ ކެންޑިޑޭޓަކު ސަރުކާރަށް ތާއިދު ކުރަން ނިންމާފައިވީ ނަމަވެސް، އެ ޕާޓީގެ ބައެއް ކެންޑިޑޭޓުން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް، މިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސޯދީ ސިޔާސަތަށް ތައުރީފު ކުރައްވައި، އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަޝީދުގެ އެ ވާހަކަތަކާ އެކު މިހާރު އެކުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަމުންދާ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބޭފުޅުން ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެ އެވެ.
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ހަވާ އެރުވުމާއެކު، ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަނީ
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ: ރައީސް
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
އެއްބަޔަކު ހޮވައިގެން އުއްމީދު ހާސިލެއް ނުވި: އަޒާން
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
"ވެރިކަންދިފާއުކުރަން އެންމެ އިންޗިއެއްވެސް ދޫނުދޭނަން"
އިންތިހާބަށްޓަކައި އެކަތިގަނޑަކަށް ވާން އެދިވަޑައިގެންފި